ހަބަރު

ޓީއެމްއޭ އިން ވަކި ކުރި ޕައިލެޓަކަށް 41 މަހުގެ މުސާރަ އާއި ވަޒީފާ ދޭން ހުކުމް ކޮށްފި

ގަވާއިދާއި ހިލާފަށް ޓްރާންސް މޯލްޑިްވސް އެއާވޭސް (ޓީއެމްއޭ)ގެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ނިންމައި، ޕައިލެޓަކަށް 41 މަހުގެ މުސާރަ އާއި ވަޒީފާ އަނބުރާދޭން ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ޓީއެމްއޭގެ ސީ ޕްލޭން ދުއްވާ ފަސްޓް އޮފިސަރެެއްގެ ވަޒީފާގައި ހުއްޓާ، ވަޒަީފާއިން ވަކިކޮށްފައިވާ އަބްދުލް އަސީމް ލަތީފް ވަޒީފާ އިން ވަކި ކުރީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމުގައިވެ އެވެ. އެ ހުކުމުގައި އަސީމް އަށް 41 މަހާއި ފަސް ދުވަހުގެ މުސާރަ ދިނުމަށްވެސް ހުކުމްކޮށްފައިވެ އެވެ.

މި މަހުގެ 30 ގެ ކުރިން އަސީމްއަށް އެ ފައިސާ އެއްކޮށް ދައްކައި ހަލާސް ކުރުމަށް ވެސް ކޯޓުން ހުކުމް ކޮށްފައިވެ އެވެ.

އަސީމް ލަތީފް އަކީ ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފެއް ކަމަށް ނުބެލުމަށާއި، އޭނާ ކުރިން އަދާ ކުރަމުން ދިޔަ ވަޒީފާ ނުވަތަ އެއާ އެއްފަދަ ވަޒީފާއެއް ދޭން ޓީއެމްއޭގެ މައްޗަށް ކޯޓުން ވަނީ ހުކުމުގައި އަމުރުކޮށްފަ އެވެ. އަދި އޭނާގެ ވަޒީފާ 15 ދުވަހުގެ ތެރޭގައި ހަމަޖެއްސުމަށް ވެސް ކޯޓުން ހުކުމް ކުރި އެވެ.