ޖޭއެސްސީ

ފެމިލީ ކޯޓުގެ އިސް ގާޒީ ރިޓަޔާކުރައްވައިފި

Dec 30, 2021
2

ފެމިލީ ކޯޓުގެ އިސް ގާޒީގެ ގޮތުގައި ހުންނެވި އަބްދުﷲ އަދީބު ފަނޑިޔާރު ކަމުން ރިޓަޔާ ކުރައްވައިފި އެވެ.

ފަނޑިޔާރު އަދީބް މިއަދު ރަސްމީކޮށް ރިޓަޔާ ކުރެއްވި ނަމަވެސް މިދިޔަ ހަފްތާގައި ފެމިލީ ކޯޓުގެ މުވައްޒަފުންނަށް ރިޓަޔާކުރައްވާ ކަން އޮތީ އަންގަވާފަ އެވެ.

ޝަރުއީ ދާއިރާގައި 24 އަހަރު ހިދުމަތް ކުރައްވާފައިވާ ގާޒީ އަދީބް ފެމިލީ ކޯޓަށް ވަޑައިގަތީ އަމިއްލަފުޅަށް އެދިވަޑައިގެންނެވެ.

ފެމިލީ ކޯޓަށް ވަޑައިގަތުމުގެ ކުރިން ގާޒީ އަދީބް ހުންނެވީ ސިވިލް ކޯޓުގަ އެވެ.

ފަނޑިޔާރުން ރިޓަޔާކުރެއްވުމުން އެ ބޭފުޅުން ހިދުމަތް ކުރެއްވި މުއްދަތަށް ބަލައި އިނާޔަތެއް ދައުލަތުން ހަމަޖައްސައިދޭނެ އެވެ.

ގާޒީ އަދީބް ރިޓަޔާކުރެއްވުމާ ގުޅިގެން ފެމިލީ ކޯޓުގައި މިވަގުތު ތިއްބެވީ އަށް ފަނޑިޔާރުންނެވެ. އެއީ ދެ އަންހެން ފަނޑިޔާރުންނާއި ފަސް ފިރިހެން ފަނޑިޔާރުންނެވެ.