އެމްއެންޑީއެފް

ބޯވަ ނަގަން މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަނީ

Dec 31, 2021

ބޯވަ ނަގަން މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފ އެވެ.

ގެއްލިގެން ހޯދަނީ ކ. ގުޅިފަޅު ކައިރިއަށް ބޯވަ ހިފަން ފޭބި ހދ. ކުމުންދޫ އަރާއިރު، ޝުރޭހު ހަސަން ކިޔާ 21 އަހަރުގެ މީހެކެވެ.

އެމްއެންޑީއެފް އިން ބުނީ ގުޅީފަޅުގެ ހުޅަނގުދެކުނު ކަންމަތީގައި ބޯވަ ހިފަން އުޅެނިކޮށް އޭނާ އޮޔާ ދަމައިގަތީ ވާދޫ ކަނޑުތެރެއަށް ހުޅަނގަށް ވާގޮތަށް ކަމަށެވެ.

ގެއްލުނު ވަގުތު އޭނާގެ ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ކަމަށް މައުލޫމާތު ލިބެ އެވެ.

އެމްއެންޑީއެފް އިން ބުނީ ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުންދާ ކަމަށެވެ.

އެމްއެންޑީފަށް މިހާދިސާގެ މައުލޫމާތު ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 08:58 ހާއިރު އެވެ.