އެމްއެންޑީއެފް

ޝުރޭހު ހޯދުމަށް 69 މޭލުގެ ސަރަހައްދެއް ބަލައިފި

Jan 2, 2022
1

ހދ. ކުމުންދޫ، އަރާއިރު، ޝުރޭހު ހަސަން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން 69.3 އަކަމީޓަރުގެ ސަރަހައްދެއް ބަލައިފި އެވެ.

ބޯވަ ނަގަން މޫދަށް ފާބައިގެން އުޅެނިކޮށް ޝުރޭހު ގެއްލިގެން އެމްއެންޑީއެފް އަށް ރިޕޯޓް ކޮށްފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 8:58 ހާއިރު އެވެ.

އެމްއެންޑީއެފް އިން ބުނީ ގުޅީފަޅުގެ ހުޅަނގުދެކުނު ކަންމަތީގައި ބޯވަ ހިފަން އުޅެނިކޮށް އޭނާ އޮޔާ ދަމައިގަތީ ވާދޫ ކަނޑުތެރެއަށް ހުޅަނގަށްވާ ގޮތަށް ކަމަށް އެނގިފައިވާ ކަމަށެވެ.

ގެއްލުނު ވަގުތު އޭނާގެ ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ކަމަށް މައުލޫމާތު ލިބެ އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ހާބާ ކްރާފްޓް ލޯންޗަކާއި އަދި ފާސްޓް އިންޓަސެޕްޓަ ކްރާފްޓެއް ޝުރޭހު ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށެވެ.

ސިފައިންގެ މަސައްކަތުން މިހާތަނަށް ވަނީ ބޮލިފުށި، ގުޅިފަޅު އަދި ވިލިނގިލި ހުޅަނގު ކަނުން ފެށިގެން ގޮސް ގިރާވަރުގެ އުތުރު ކަނާ ހިސާބަށް ގިރާވަރު ކަނޑުގެ 69.3 ސްކުއާ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފަ އެވެ.

ޝުރޭހު ބޯވަން ނަގަން ދިޔައީ އޭނާގެ އިތުރު ދެ ރަހްމަތްތެރިޔަކާ އެކު ކަމަށް އަވަސް އެނގިފައިވެ އެވެ.