ހަބަރު

ކޮޅުފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރަނީ

މ. ކޮޅުފުށީ ގޮނޑުދޮށް ހިމާޔްތަ ކުރުމުގެ މަޝްރޫއުގެ ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކޮށްފައިވާ މި މަޝްރޫއަކީ 9683 ކިއުބިކް މީޓަރުގެ ވެލި ގިރާ ސަރަހައްދަށް އެޅުމާއި، 202 މީޓަރުގެ ބޭރުތޮށި ލުމާއި، 519 މީޓަރު ރިވެޓްމަންޓް ޖެހުމަށް ހަމޖެހިފައިވާ މަޝްރޫ އެކެވެ. މިއީ 22.96 މިލިއަން ރުފިޔާއަށް 365 ދުވަހުގެ ތެރޭ ނިންމަން ޖެހޭ މަޝްރޫއެކެވެ.

މިދިއަ ތިން އަހަރު ދުވަހުގެ ތެރޭގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ހަ މަޝްރޫއެއްގެ އެމްޓީސީސީން ނިންމާފައި ވެއެވެ.