އުރީދޫ

އުރީދޫން ފަތުރުވެރިންނަށް ގޯލްޑަން އިޔާ ސިމްޕެކެއް

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަ ކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން ފަތުރުވެރިންނަށް ގޯލްޑަން އިޔާ ސިމް ޕެކެއް މިއަދު ތައާރަފުކޮށްފި އެވެ.

ސިމް ޕެކް އިފްތިތާހު ކޮށްދެއްވީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދެވެ.

އުރީދޫން ބުނީ ސިމް ޕެކްގައި އެއް މަސް ދުވަހުގެ ވެލިޑިޓީއަކާއެކު ބޮޑެތި ޑޭޓާ އެލަވަންސް ހިމަނާފައިވާނެ ކަމަށާއި ސޯޝަލް މީޑިއާއަށް ހާއްސަ ޑޭޓާވެސް ހިމަނާފައިވާނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަ ކުރަން ރާއްޖެ ތައްޔާރުވާއިރު އުރީދޫން ވެސް އޮތީ އެ އުފަލުގައި ބައިވެރިވެ، މި އަހަރަކީ އިތުރަށް ކުލަގަދަ އަހަރަކަށް ހެދުމުގެ އުއްމީދުގައި ކަމަށެވެ.

"މަގޭ ރާއްޖެ ކަލަންޑަރާއި ގޯލްޑަން އިޔާ ސިމް ޕެކް އަޅުގަނޑުމެން ލޯންޗް ކުރުމަކީ މި އަހަރަށް ރާވާފައިވާ ހަރަކާތްތަކުގެ ފެށުން. އަޅުގަނޑުމެންނަކީ އަބަދުވެސް ރާއްޖޭގެ މުޖުތަމައުތަކަށް ދިރިއުޅުން ފަހިކޮށްދީ ރާއްޖޭގެ ކޮންމެ އުފަލެއްގައި ބައިވެރިވެ ދިވެހިންނާއިއެކު ދެމިތިބޭނެ ބައެއް. އަޅުގަނޑުމެންގެ އުންމީދަކީ މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުން ލިބިގެންދިއުން." ހުސައިން ނިޔާޒް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ އޫރިދޫގެ ފަރާތުން، އިސްނަގައިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލްގެ މުނާސަބާގައި ފަތުރުވެރިންނަށް ހާއްސަކޮށް ތައާރަފުކުރި އެ ސިމް ކާޑަކީ ފަތުރުވެރިންނަށް ލިބިގެންދާނޭ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.