ހަބަރު

ފޮރިން މިނިސްޓްރީ ހިންގުން އުމަރަށް، ޖެންޑަރ މިނިސްޓްރީ މުއިއްޒުއަށް

ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން ހޯމް މިނިސްޓަރު އުމަރު ނަސީރަށް އަދި ޖެންޑާ މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާ ހަވާލުކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ މިދެ މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން އެހެން މިނިސްޓަރުންނާއި ހަވާލުކުރެއްވީ އެމިނިސްޓްރީތައް ހިންގަވަން ތިއްބެވި ބޭފުޅުން ޗުއްޓީއަށް ވަޑައިގަތުމުން ކަމަށެވެ.

ޖެންޑާ މިނިސްޓްރީ ހިންގެވުން މިނިސްޓަރު މުއިއްޒުއާ އަދި ފޮރިން މިނިސްޓްރީ ހިންގެވުން މިނިސްޓަރު އުމަރާ ހަވާލުކުރެއްވީ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިވަގުތު ރާއްޖޭގައި ނެތުމުންނެވެ.