އެމްއެންޑީއެފް

ސިފައިންގެ ތަމްރީންތަކެއް ދެ އަތޮޅެއްގައި ފަށަނީ

Jan 7, 2022

ރާއްޖޭގެ ދެ ސަރަހައްދެއްގައި ސިފައިންގެ ތަމްރީންތަކެއް ފެށުމަށް ތައްޔާރުވަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

ސިފައިންގެ ތަމްރީންތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ތ. އެލާ، ވޭމަންޑޫ، ތިމަރަފުށި، ގުރައިދޫ އަދި ދިޔަމިގިލީގެ އިތުރުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ގަން އިންޓަނޭޝަނަލް އެއާޕޯޓާއި އެ ތަންތަނާ ގުޅިފައިވާ ކަނޑުގެ ސަރަހައްދުގަ އެވެ.

ތ. އަތޮޅުގައި ތަމްރީންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިމަހުގެ 15 އިން 22 އަށެވެ. އައްޑޫ ސިޓީގައި ތަމްރީންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިމަހުގެ 10 އިން 14 އަށެވެ.

ސިފައިންގެ ބުނީ މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާނެ ކަމަށެވެ. އަދި ސިމިއުލޭޝަންގެ ގޮތުގައި ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.