އެލައިޑް އިންޝުއަރެންސް

މުދާ އުފުލުމުގެ ކުރިން ކުރަންޖެހޭ ކަމެއް

Jan 10, 2022

ރާއްޖެއަކީ ފެތުރިފައިވާ ކުދި ރަށްތަކެއްގެ މައްޗަށް އެކުލެވޭ ގައުމަކަށް ވީ ހިނދު, އެކި ބޭނުންތަކުގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަކީ ކުރަންޖެހޭ ކަމެކެވެ. ކާބޯތަކެއްޗާއި މުދަލާއި ހިދުމަތްތައް ހޯދުމަށެވެ. އާއިލާ އާއި ރަހުމަތްތެރިންނާ ބައްދަލުކުރާށެވެ. ވިޔަފާރި ކުރާށެވެ. އެންމެ ކުރީއްސުރެ ވެސް ދަތުރުފަތުރު އޮތީ ދިވެހީންނާ ގުޅި ލާމެހިފައެވެ. މިއަދު ކަނޑުދަތުރަށް ވުރެ ވައިގެ ދަތުރުތައް އަހަރެމެންނަށް މާ ފަސޭހަވެއްޖެއެވެ. އަދި އެއް ރަށް އަނެއް ރަށާ ބްރިޖުތަކުން ގުޅާލެވި, އެއްގަމު ދަތުރުފަތުރު ވެސް އިހަށް ވުރެ މާ މުހިންމު ވެއްޖެ އެވެ.

މުދަލަކީ ވިޔަފާރީގެ މުއާމަލާތުގެ އެއް ބައެވެ. އަހަރެމެން ރާއްޖޭގައި ވިއްކުމަށް ޓަކައި މުދާ ބޭރު ގައުމުތަކުން ކަނޑު އުޅަނދުފަހަރާއި އެއާކާގޯ މެދުވެރިކޮށް ގެންނަނީ މަދުންނެއް ނޫނެވެ. މި ތަކެތި އަތޮޅުތެރޭގެ ފިހާރަތަކަށާއި އެހެނިހެން ވިޔަފާރިތަކަށް ބަހާލެވިގެން ދަނީ ގިނަ ފަހަރަށް, އެންމެ ފުރަތަމަ މާލޭ ބަނދަރާއި އެއާޕޯޓަށް ޖައްސާފަ އެވެ. އެހެންކަމުން މާލެ ނޫން ރަށަކަށް ސަޕްލައި ފޮނުވުމަށް ވެސް އެއިން ކޮންމެވެސް ކަނޑު އުޅަނދެއްގެ ހިދުމަތް ހޯދަން ޖެހެ އެވެ. އެހެން ނަމަވެސް އަގު ބޮޑުކޮށް ހަރަދުކޮށްގެން ގެންނަ މުދާ އުޅަނދުފަހަރުގައި ރަށްރަށަށް ފޮނުވާލާ އިރު އެތަކެއްޗަށް ކުރިމަތިވެދާނެ ގެއްލުމަކާ މެދު ފިކުރުކޮށްލަން އެބަ ޖެހެ އެވެ.

އެ ފަދަ ގެއްލުމަކުން މުދާ ރައްކާތެރިކުރުމަށް ޓަކައި ބޭނުންވަނީ އެތަކެތި އިންޝުއާކޮށްލުމަކީ ހޯދިދާނެ ވަރަށް މޮޅު ހައްލެކެވެ. އެލައިޑް އިންޝުއަރަންސްގެ ކާގޯ އިންޝުއަރަންސަކީ ކަނޑުމަގުން ވިޔަސް, ވައިގެ މަގުން ވިޔަސް ނުވަތަ އެއްގަމު މަގުން ވިޔަސް ގިނަ އަދަދެއްގެ މުދާ އެއްތަނުން އަނެއް ތަނަށް ގެންދާ އިރު ކުރިމަތިވެދާނެ ތަފާތު ގެއްލުންތަކަށް ލިބެންޖެހޭ މާލީ ބަދަލު ފޯރުކޮށްދޭ ޕްލޭނެކެވެ. އެއީ މުދާ ވިއްކާ ފަރާތުގެ ގުދަނުން މުދާ ނެރޭ ވަގުތުން ފެށިގެން މުދާ ގަތް ފަރާތުގެ ގުދަން ނުވަތަ ގެންދަން ބޭނުންވި މަންޒިލާ ހަމައަށް ދެވެންދެން އަޅާލެވޭ ރައްކާތެރިކަމުގެ ފަށަލައެކެވެ.

އެލައިޑްގެ ކާގޯ އިންޝުއަރަންސް 3 ބަޔަކަށް ބެހެ އެވެ. އެއީ އިންސްޓިޓިއުޓް ކާގޯ ކްލޯސެސް (އައިސީސީ) އޭ, އައިސީސީ ބީ އަދި އައިސީސީ ސީ އެވެ. އޭގެ ތެރެއިން އައިސީސީ އޭ ޕެކޭޖަކީ ގާތްގަނޑަކަށް ހުރިހާ ޒާތެއްގެ ހާދިސާތައް (އެކްސްކްލޫޝަންސް ނުހިމަނާ) މެދުވެރިވެގެން ކާގޯއަށް ގެއްލުމެއް ލިބިއްޖެނަމަ ބަދަލު ފޯރުކޮށްދޭ ޕެކޭޖެވެ. އަނެއް ދެ ޕެކޭޖުން އެކި ވަރުގެ ކަވަރޭޖުތައް ފޯރުކޮށްދެއެވެ. ތަފްސީލުތައް އެލައިޑްގެ ވެބްސައިޓުން ފެންނާނެއެވެ.

ތިން ޕެކޭޖުން ވެސް ޔަގީންކަމާއެކު ލިބޭ ބައެއް ފައިދާތަކުގެ ތެރޭގައި ކާގޯ އުފުލަމުން ދާ އިރު އަލިފާނުގެ ހާދިސާއެއް މެދުވެރިގެވެން މުދަލަށް ގެއްލުން ލިބުން, އުޅަނދު ބަންޑުން ޖަހާލައި އަޑިއަށް ދިއުމުން މުދަލަށް ގެއްލުން ލިބުން ކަނޑުގައި ދުއްވާ އުޅަނދެއް ނަމަ އެހެން އުޅަނދެއްގައި ޖެހި މުދަލަށް ގެއްލުމެއް ލިބުން ފަދަ ކަންކަން ހިމެނެ އެވެ. މީގެ އިތުރުން ދަތުރުމަތީގައި އުޅަނދު ބަރުވެ ބަންޑުން ޖަހާލުމުގެ ބިރު އޮތުމުގެ ސަބަބުން އުޅަނދުގެ ސަލާމަތަށް ބައެއް ކާގޯ ކަނޑަށް ދޫކޮށްލަން ޖެހިއްޖެ ހާލަތެއްގައި ދޫކޮށްލާ ތަކެތީގެ ބަދަލު ވެސް ކާގޯ އިންޝުއަރަންސްގެ 3 ޕެކޭޖުގެ ދަށުން ލިބޭނެއެވެ.

އެހެން ނަމަވެސް ގަސްތުގައި ފަރުވާކުޑަކުރުމުގެ ސަބަބުން ކާގޯއަށް ލިބޭ ގެއްލުމަށް މި ޕްލޭންގެ ދަށުން އެލައިޑުން ޒިންމާއެއް ނުވާނެއެވެ. އެހެންކަމުން ކާގޯ ޓްރާންސްޕޯޓުކުރާ އިރު ވީ އެންމެ ފަރުވާތެރިކަމާއެކު އެތަކެތީގެ ސަލާމަތަށް ސަމާލުވާން ޖެހޭނެއެވެ. މީގެ އިތުރުން ކާގޯ ޓްރާންސްޕޯޓުކުރުމުގައި ކުރިމަތިވާ ޑިލޭތަކާއި ގުދުރަތީ ގޮތުން ހަލާކުވާ ޒާތުގެ މުދާ ހަލާކުވުމުން ދިމާވާ ގެއްލުމަކަށް މި ޕްލޭންގެ ދަށުން ބަދަލެއް ނުލިބެ އެވެ.
ކާގޯ އިންޝުއަރަންސް ނެގުމަށްޓަކައި ޓްރާންސްޕޯޓުކުރާ ކާގޯގެ އަގު ބަޔާންކުރާ އިންވޮއިސްއެއް އެލައިޑް އިންޝުއަރަންސަށް ހުށަހަޅާން ޖެހޭނެއެވެ. އިންޝުއާކުރި މުދަލާއެކު ދަތުރެއް ފަށައިގެން އުޅުމުގެ ތެރޭގައި ހާދިސާއެއް ދިމާވެއްޖެނަމަ އެލައިޑް އިންޝުއަރަންސަށް އެކަމެއް ވަގުތުން އެންގުމާއި ހާލަތު ތަންދޭ ނަމަ ހަލާކުވާ މުދާ އިންސްޕެކްޝަނަށް ބެހެއްޓުމަށް ވެސް ސަމާލުވާން ޖެހޭނެ އެވެ.