ހަބަރު

ޔަމަން ހަނގުރާމަ ހުއްޓުވަން ރާއްޖެއިން ބައިވެރިވަނީ

ދާހިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފައިވާ ޔަމަނަށް ސުލްހަ ގެނައުމަށް ސައުދި އަރަބިއްޔާއިން ކުރަމުން އަންނަ މަސައްކަތްތަކުގައި ރާއްޖެއިން ބައިވެރިވާން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެއިން ސައުދީއަށް އެހީތެރިވުމަށް ނިންމީ، ޓެރަރިޒަމާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ މުހިންމު ބައެއް ކަމުގައި ވާތީ އެވެ. އަދި ރާއްޖެއަކީ ޓެރަރިޒަމް ނައްތާލުމަށް ގޮވާލައި އަބަދުވެސް ވަކާލާތު ކުރަމުންދާ ގައުމެއްކަން ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.

އެގޮތުން މިހާރު ރާއްޖެއިން އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ދެ ސަރުކާރު ދެމެދު މަޝްވަރާތައް ކުރަމުންދާ ކަމަށްވެސް ފޮރިން އިން ބުނެއެވެ.

ރާއްޖެއިން އަބަދުވެސް ދަނީ މެދުއިރުމަތީގައި ސުލްހަޤާއިމްކޮށް އެ ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ވަކާލާތުކުރަމުންނެވެ. އަދި ޔަމަނުގެ މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރިކޮށް ހިމާޔަތް ކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

ސައުދީ އަރަބިއްޔާ އިން އިސްވެ އޮވެ އުފެއްދި، އިސްލާމީ ގައުމުތަކުގެ އަސްކަރީ ފައުޖުގައި ވެސް ރާއްޖެ ވަނީ ބައިވެރިވެފަ އެވެ. އެ ފައުޖުގައ 34 ގައުކަކުން ވަނީ ބައިވެރިވެފަ އެވެ. އެ ފައުޖުގެ މައިގަނޑު ބޭނުމަކީ، ސުލްހަ ގާއިމްކުރުމެވެ. އެކަމުގައި

ޔަމަނުގެ ހޫތީންނާއި އެ ގައުުމުގެ ސަރުކާރާ ދެމެދު ހިނގާ ހަނގުރާމަ ދާހިލީ ކަމަކަށް ބަދަލުވެ، އެ ގައުމުގެ އެތެރޭގައި ވަނީ އަސްކަރިއްޔާ އާއި ހަނގުރާމަވެރިންނާ ދެމެދު ހަމަލާތައް ފެށިފަ އެވެ. އަދި އެ ގައުމުގެ އަސްކަރިއްޔާއަށް ވާގވެރިވުމުގެ ގޮތުން ސައުދީ އަރަބިއްޔާ އިން އަންނަނީ ޔަމަންގައި ހޫތީންގެ ބާރު އޮތް ސަރަހައްދުތަކަށް ބޮންއަޅަމުންނެެވެ.