ޓެކްނޯލޮޖީ

ޓްވިޓާ އެކައުންޓަށް ސަމާލުވޭ!

އެންމެ ފަސޭހައިން ހަބަރެއް ހޯދާލެވޭނެ އެއް ވަސީލާތަކީ ޓުވިޓަރ ބެލުމެވެ. މައިކޮރޯ ބުލޮގިންގެ ނަމުގައި މަސްޙޫރްކަން ހޯދާފަވާ ޓުވިޓަރއަކީ ވަރަށް ގިނަ ބައެއްގެ ހަރަކާތްތަކާއި، ޙަބަރުތައް އަބަދުވެސް ލިބިލިބި ހުންނަ ވަސީލަތެކެވެ. އެހެން ނަމަވެސް ސަރުކާރުގެ އިދާރާތަކާއި ބައެއް ހެކަރުންގެ އުންދަގޫ އަންނަކީ މިކަމަށްވެސް ފޯރަމުންޏެެވެ.

އެގޮތުން ޓުވިޓަރ ބޭނުން ކުރާ މަސްހޫރު މީހުންނާއި، އިސްވެރިންގެ އެކައުންޓް ތަކަށް ސަމާލު ވުމަށް ޓުވިޓަރގެފަރާތުން އަންގަން ފަށައިފިއެވެ. ބައެއް ސަރުކާރު ތަކުގެ އެހީތެރިކަމާއި އެކު ޓުވިޓަރ ހެކު ކުރުމުގެ އަމަލް ތައް ހިންގަމުންދާ ކަމަށް ޓުވިޓަރ އިން ވަނީ ވަރަށްފަހުން އަންގާފައެވެ.

ބައެއް މަސްޙޫރު މީހުންގެ ޒާތީ އަދި ބޭނުންތެރި މައުލޫމާތު ތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ޓުވިޓަރގެ ފަރާތުން ބައެއް ފަރާތްތަކަށް ފުނޮވާފަވާ އިންޒާރުގެ ނޯޓިސްގަ ވަނީ ބުނެފައެވެ.

އެގޮތުން އީމެއިލް އަދި ފޯނު ނަމްބަރ ހޯދާކަމަށާއި އައި.ޕީ އެޑުރެސްގެ ބޭނުން ވެސް ހިފާކަމަށް ވަނީ ބުނެފަ އެވެ. އެހެން ކަމުން ޓުއިޓަރ ބޭނުން ކުރާ މަސްހޫރު ފަރާތްތަކުން ވަނީ މިކަމާއި މެދު ކަނބޮޑުވުން ފާޅުކޮށްފަ އެވެ. ޙާއްސަކޮން ސަރުކާރުތަކުން މީހުންގެ ޒާތީ މައުލޫމާތު ހޯދަން ނިކުތުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި މިކަން ހުއްޓާލަން ޖެހިފަވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންޏެވެ.

ކޯލްޑް ހަކު ކިޔާ ޖަމިއްޔާއެއްގެ އެކައުންޓްއަށް ޓުވިޓަރ އިންް ފޮނުވާފަވާ އިންޒާރުގެ ނޯޓިސްގަ ސަރުކާރުގެ އެހީތެރިކަމާއި އެކު ބައެއް މައުލޫމާތު ހޯދުމަށް ހެކަރުން މަސައްކަތް ކުރާކަމަަށްވަނީ ސާފްކޮން ބުނެފައެވެ. އެހެންކަމުން އެކަމަށް ސަމާލްވުމަށާއި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އަންގާނެ ކަން ވަނީ ޙާމަކޮށްފަ އެވެ. ރާއްޖެއަކީ ވެސް ޓުވިޓާ ބޭނުން ކުރާ ގިނަބަޔަކު އުޅޭ ޤައުމެކެވެ. އަދި ސިޔާސީ ފޯރި އެންމެ ގަދަޔަށް އޮންނަ ސޯސަލް މީޑިއާ އަކީ ޓުވިޓާ އެވެ.