މަސްވެރިންގެ އެޕް މި އަހަރު ބޭނުން ކުރަން ފަށާނެ ކަމަށް މިފްކޯއިން ބުނެފި އެވެ.
ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ މިހާރު ވެސް ކޮންމެ ހަފުތާއެކު އާދީއްތަ ދުވަހު މަސްވެރިންނަށް ފައިސާ ޖަމާ ކޮށްދޭ ކަމަށާއި އަދި އެެކަން ވަރަށް ރަނގަޅަށް މެނޭޖު ވެސް ކުރެވޭ ކަމަށެވެ. އަދި ވިދާޅުވީ މަސްވެރިންގެ އެޕްގެ ހިދުމަތް ފެށުމުން މިސްވެރިންނަށް ކުރިއަށް ވުރެވެސް ބޮޑަށް ގާތުން ހިދުމަތްތައް ދެވޭނެ ކަމަށެވެ.
އެޕް މެދުވެރިކޮށް މަސްވެރިންނަށް ފައިސާ ދިނުމާއި މަސްވެރިނެގެ ބިލުތަކުގެ ތަފްސީލް ފެންނަ ގޮތަށް ގާތުން ހިދުމަތްދެވޭނެ އެވެ.
"އެޕު އޮތީ އޮޑިވެރިއާއަށް ވެސް މިފްކޯގެ ވަސީލަތްތަކަށް މަސް ކިރުވާއިރު ނޮޓިފިކޭޝަން ދާ ގޮތަށް. އަދި ބިލުގެ ތަފްސީލުތަކާަ ހިސްޓްރީ ވެސް ބަލާލެވޭ ގޮތަށް" ފައުޒީ ވިދާޅުވި އެވެ.