އިމިގްރޭޝަން

ދެކުނު އޭޝިއާގައި އެންމެ ގަދައީ ދިވެހި ޕާސްޕޯޓް

Jan 13, 2022
1

ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ވިސާ ނެތި އެންމެ ގިނަ ގައުމުތަކަށް ދަތުރުކުރެވޭ ލިސްޓްގެ އެއްވަނައިގައި ދިވެހި ޕާސްޕޯޓް ހިމެނިއްޖެ އެވެ.

ޕާސްޕޯޓުތައް ގިންތިކުރާ ހެންލީ ޕާސްޕޯޓް އިންޑެކްސްގައި ރާއްޖެ ހިމަނާފައިވަނީ 58 ވަނައިގަ އެވެ.

ރާއްޖެއާ އެންމެ ގާތުން ވާދަކުރި ދެކުނު އޭޝިއާގެ ގައުމެއްގެ ގޮތުގައި އިންޑިއާ އޮތީ ލިސްޓުގެ 84 ވަނައިގަ އެވެ.

ވިސާ ނެތި ދިވެހި ޕާސްޕޯޓުގައި 88 ގައުމަކަށް ދަތުރުކުރެވެ އެވެ. އިންޑިއާ ޕާސްޕޯޓުގައި ދަތުރުކުރެވެނީ 59 ގައުމަށެވެ.

މީގެ 17 އަހަރު ކުރިން މިލިސްޓް އެކުލަވާލަން ފެށިއިރު ދިވެހި ޕާސްޕޯޓްގައި ދަތުރުކުރެވެނީ 46 ގައުމަށެވެ.

ހެންލީ ޕާސްޕޯޓް އިންޑެކްސްގައި އެއްވަނައިގައި އޮތީ ޖަޕާނާއި ސިންގަޕޫރެވެ. އެ ދެ ގައުމުގެ ޕާސްޕޯޓުގައި 192 ގައުމަކަށް ދަތުރުކުރެވެ އެވެ.