ވިޔަފާރި

"ސީކްރެޓް ރެސިޕީ" ގެ ރެސްޓޯރެންޓެއް އަންނަ މަހު ރާއްޖޭގައި ހުޅުވަނީ

Dec 18, 2015
  • މި ރެސްޓޯރެންޓް ހުޅުވަނީ އަންނަ މަހު
  • މިއީ އޭޝިޔާގައި މަޝްހޫރު ބްރޭންޑެއް

މެލޭޝިޔާގެ "ސީކްރެޓް ރެސިޕީ" ގެ ރެސްޓޯރެންޓެއް އަންނަ މަހު ރާއްޖޭގައި ހުޅުވަން ތައްޔާރު ވަމުން އެބަދެ އެވެ.

މި ރެސްޓޯރެންޓް ހުޅުވަނީ މަޖީދީ މަގު، ޖަޔަންޓް ސްޕަސްޓޯ ހުރި ބޮޑު އިމާރާތުގަ އެވެ. 10 ބުރިއަށް ހަދާފައިވާ މި އިމާރާތުގެ ތިން ފްލޯދަނީ މި ރެސްޓޯރެންޓަށް ފައްކާ ކުރަމުންނެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ރެސްޓޯރެންޓް ބްރޭންޑް ކަމަށްވާ "ސީކްރެޓް ރެސިޕީ" ގެ ރެސްޓޯރެންޓު ހުޅުވަނީ ރާއްޖޭގައި މޭރީ ބްރައުން ރެސްޓޯރެންޓުވެސް ހުޅުވި ލިލީގެ އެއް ހިއްސާދާރު ކަމަށްވާ އާމިރު މަންސޫރެވެ.

"އަވަސް" އަށް އާމިރު ވިދާޅުވީ ރެސްޓޯރެންޓް ހުޅުވުމުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

"އަންނަ މަހުގެ ތެރޭގައި ހުޅުވޭ ވަރުވާނެ،" ލިލީ އެފް އެންޑް ބީގެ މެނޭޖިން ޑިރެކްޓަރު އާމިރު ވިދާޅުވި އެވެ.

ސީކްރެޓް ރެސިޕީއަކީ 300 އަށް ވުރެ ގިނަ ފްރެންޗައިސް ހިމެނޭ ބޮޑު ރެސްޓޯރެންޓް ޗެއިން އެކެވެ.