އިމިގްރޭޝަން

ވަކި ދާއިރާތަކަށް އިމިގްރޭޝަނުން ކައުންޓަރެއް

ލޯ އެންފޯސްމަންޓް ބޮޑީޒްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޕާސްޕޯޓް ދޫކުރަން އިމިގްރޭޝަނުން ހާއްސަ ކައުންޓަރެއް މިއަދު ހަމަޖައްސައިފި އެވެ.

ރާއްޖޭގެ ލޯ އެންފޯސްމަންޓް ދާއިރާތަކުގެ ތެރޭގައި ފުލުހާއި އެމްއެންޑީއެފާއި އިމިގްރޭޝަނާއި ކަސްޓަމާއި ކަރެކްޝަންސް ހިމެނެ އެވެ.

އިމިގްރޭޝަނުން ބުނީ އެފަދަ އިދާރާތަކަށް ހާއްސަ ކައުންޓަރެއް ހަމަޖެއްސީ ލޯ އެންފޯސްމަންްޓް އިދާރާ ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަވަދިނެތި ރައްޔިތުންނާ ގުޅުންހުރި މަސައްކަތްތަކުގައި އުޅޭތީ ލުއި ގޮތްތަކެއް ހަމަޖައްސައިދީ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.

ހާއްސަ ކައުންޓަރަކުން ހިދުމަތް ދޭން ފެށުމުން ލޯ އެންފޯސްމަންޓް އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހިދުމަތް ހޯދަން ދާއިރު އޮފީސްކާޑު ހިފައިގެން ދިއުމަށް ވެސް އިމިގްރޭޝަންއިން ވަނީ އެދިފަ އެވެ.

އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިދުމަތް ދިނުމަށް ދިނުމަށް ވެސް އިމިގްރޭޝަނުން މިހާރު ހާއްސަ ނަންބަރެއް ދޫކުރެެ އެވެ.