overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ޕީޕީއެމް

ވޯޓު އޮޅުވައިލި ކަމަށް ބުނެ އަނެއްކާ މައްސަލަ ހުށަހަޅައިފި

ދެހާސް އަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ އަނެއްކާ ވެސް އެ މައްސަލަ ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކަށް މިއަދު ހުށަހަޅައިފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ގާނޫނީ ޓީމުން ބުނެފި އެވެ.

ޕީޕީއެމް / ޕީއެންސީގެ ލީގަލް ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލް މުހައްމަދު ރާގިބް އަހުމަދު ވިދާޅުވެފައި ވަނީ އެ މައްސަލަ ފުލުހުންނަށާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަދި އޮމްބަޑްސްޕާސަންގެ އޮފީހަށް ވެސް ހުށަހަޅައިފައިވާ ކަމަށެވެ.

އެ މައްސަލަތަކުގައި 25 ނުކުތާ ފާހަގަ ކޮށްފައި ވާނެ ކަމަށާއި ތުހުމަތު ކޮށްފައި ވާނީ ޖިނާއީ މައްސަލަތަކަކަށް ކަމަށެވެ. އެ މައްސަލަ އަނެއްކާވެސް ދިރާސާ ކުރި ކުރުމުން އަނގޮޓި ބޭނުން ކޮށްގެން ފާހަގަޖަހައިފައިވާ ކަމަށާއި ދެލި ފުހެވޭ ގަލަމެއް ބޭނުން ކޮށްގެން ފާހަގަޖަހައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ދިރާސާތަކުން ފޭކު ވޯޓު ކަރުދާސް ޗާޕުކޮށްގެން ވޯޓުލައިފައިކަން ވެސް ފާހަގަވެފައިވާ ކަމަށް ރާގިބް ވިދާޅުވި އެވެ.

އެ ޓީމުން ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ޝަހުސު އޮޅުވައިލުމާއި، ރިޝްވަތު ދިނުމާއި ހިފުން، ވޯޓުކަރުދާސް ޗާޕް ކުރަން ބިޑް ކުރުމުގައި އޮޅުވައިލުން ހިމެނެ އެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމާއި ނުފޫޒުފޯރުވުމާއި، ރަސްމީ އިދާރާއަކަށް ދޮގުމައުލޫމާތު ދިނުމުގެ އިތުރުން މުވައްޒަފުންނަށް ބިރުދެއްކުން ހިމެނެ އެވެ.

މި ކުށްތައް ސާބިތުވެއްޖެ ނަމަ، ކުށްކުރި މީހުންނަށް 11 އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ރާގިބް ވިދާޅުވި އެވެ.

ވޯޓު އޮޅުވައިލައި އިންތިހާބުގައި ބޮޑެތި ޖަރީމާތަކެއް ހިންގާފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ އޭރުގެ ރައީސް އަހުމަދު ޝަރީފު އާއި އޭރުގެ އިދިކޮޅު ޕާޓީ ގުޅިގެން ކަމަށް ލީގަލް ޓީމުން ވަނީ ތުހުމަތުކޮށްފަ އެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލި ކަމަށް ބުނާ މައްސަލަ ފުލުހަށާއި އަދި ސުޕްރީމް ކޯޓަށް އެ ދުވަސް ވަރުވެސް ޕީޕީއެމުން ހުށަހެޅި އެވެ. އެކަމަކު އިންތިހާބުގެ ނަތީޖާ އަށް ބަދަލު އަންނަވަރުގެ މައްސަލައެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.