އައްޑޫ ސިޓީ

ހިރާ ސްކޫލަށް ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް

Jan 17, 2022
2

ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް، އައްޑޫސިޓީގެ ހިރާ ސްކޫލުން ކާމިޔާބު ކޮށްފި އެވެ.

ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑަކީ ސަސްޓެއިނަބިލިޓީގެ ދާއިރާއިން ޔޫއޭއީ އިން ދޭ ޝަރަފުވެރި ބައިނަލްއަގްވާމީ އެވޯޑެކެވެ. މި އެވޯޑް ނިސްބަތް ކުރެވެނީ އެ ގައުމުގެ ބާނީ އަލްމަރްހޫމް ޝައިޚް ޒައިދު ބިން ސުލްޠާން އަލް ނަހްޔާންގެ ހިދުމަތްތަކަށެވެ.

ހިރާ ސްކޫލުން މި އެވޯޑް ހޯދާފައިވަނީ ދެކުނު އޭޝިޔާ ސަރަހާއްދުގެެ ގްލޯބަލް ހައި ސްކޫލު ކެޓަގަރީންނެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިވަގުތު އަބޫދާބީގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޓްވީޓެއްގައި ވަނީ ހިރާ ސްކޫލުން ހޯދި ކާމިޔާބީ ފާހަގަ ކުރައްވާ މަރުހަބާ ވިދާޅުވެފަ އެވެ.

އައްޑޫގައި ހިންގާ އައްޑޫ ހައި ސްކޫލުން ވެސް މީގެ ކުރިން ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑު ހާސިލްކުރި އެވެ.