ޓްރީ ޓޮޕް ހޮސްޕިޓަލް

ޓިއުމަރެއް ނައްތާލުމުގެ ބޮޑު އޮޕަރޭޝަނެއް ޓްރީޓޮޕުންކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކްރެނިއޮޓޮމީ އަދި އިންޓަކުރޭނިއަލް ޓިއުމަރެއް، ސިކުނޑީގެ ޓިއުމަރެއް ނައްތާލުމުގެ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފި އެވެ.

ކްރޭނިއޯޓޮމީއަކީ ބޮލުގެ ނާށިގަނޑުން ބައެއް ނެގުމަށްފަހު ޓިއުމަރު ނައްތާލަން ކުރާ އޮޕަރޭޝަނެކެވެ. ޓްރީ ޓޮޕްގައި އުމުރުން 66 އަހަރުގެ މީހެއްގެ މި އޮޕަރޭޝަން ކުރީ ނާރުގެ އޮޕަރޭޝަންތަކަށް ހާއްސަ، ޑރ. ހުއާން ލޮރީޑޯގެ ބެލުމުގެ ދަށުން ނެވެ.

"މި އޮޕަރޭޝަން ގޮސްފައިވަނީ ވަރަށް ކާމިޔާބު ކޮށްކަން، އަޅުގަނޑުމެން ވަރަށް އުފަލާއިއެކު ފާހަގަކޮށްލަން" ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ޑރ. ހުއާން ވިދާޅުވެފައި ވެއެވެ.

މި އޮަޕަރޭޝަންގައި ހޭނައްތާ ދެ ޑޮކްޓަރެއް ކަމަށްވާ ޑރ. އައިމިނަތު ފިއުނާ އާއި ޑރ. ވިސްވަޖިތް އުދޭ ކުމާރު، އަދި މެޑިކަލް އޮފިސަރު ޑރ. ގާސިމް ނިމާލްއާއެކު ޓެކްނިކަލް ސްޓާފުންނާއި ނަރުހުންގެ ޓީމެއް ބައިވެރިވި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ނާރުގެބަލިތަކަށާއި ނާރުގެ އޮޕަރޭޝަންތަކަށް ހާއްސަ ޑިޕާޓްމަންޓެއް ގާއިމުކޮށްފައިވެ އެވެ.