އުރީދޫ

ފަހުގެ އެއާޕޮޑް ލިބޭ އޮފާއެއް މޫލީން ތައާރަފުކޮށްފި

Jan 21, 2022

އެއާޕޮޑް ޖެނެރޭޝަން ތިނެއް ލިބޭ އޮފާއެއް އުރީދޫގެ މޫލީން ތައާރަފު ކޮށްފި އެވެ.

މި އޮފާގައި ބައިވެރިވާން މޫލީގެ ސޯޝަލް މީޑިއާގެ އެކައުންޓްތަކުން ކޮށްފައިވާ މިކަމަށް ހާއްސަ ޕޯސްޓަށް ލައިކް ކޮށް އަދި ކޮމެންޓްކޮށްގެން ބައިވެރިވެވޭނެ އެވެ. ޕޯސްޓަށް ކުރާ ކޮމެންޓް ކޮންމެވެސް ތިން މީހަކަށް ޓެގް ކުރާން ޖެހެއެވެ. އަދި މޫލީގެ އެކައުންޓް ފޮލޯ ކޮށްލުމުން ބައިވެރިވެވޭނެ އެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ ޕޯސްޓަށް ބޭނުން ވަރަކަށް ކޮމެންޓް ކުރެވޭނެ ކަމަށެވެ. އެ ފުރުސަތު މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.

ގުރުއަތުން ހޮވޭ މީހަކަށް އެއާޕޮޑް ޖެނެރޭޝަން ތިނެއް ލިބޭނެ އެވެ.

މޫލީ އަކީ ޑެލިވަރީގެ ހިދުމަތްދޭ އޮންލައިން ޕްލެޓްފޯމެކެވެ. މި ހިދުމަތުން ރާއްޖެގެ ކޮންމެ ތަނެއްގައި ހުރި މީހަކަށް މުދާ ގަތުމުގެ ފުރުަސަތު ލިބޭނެ އެވެ. ތިން ދުވަސް ތެރޭގައި ގަންނަ މުދާ ޑެލިވަރީ ކޮށްދޭ އިރު އޯޑަރު ކުރާ ތަކެތީގެ ޓްރެކިން ވެސް ކަސްޓަމަރުންނަށް ފެންނާނެ އެވެ. އަދި ވިޔަފާރިވެރިންނަށް ވެސް މި ހިދުމަތުން ތަކެތި ވިއްކުމުގެ ފުރުސަތު ލިބޭނެ އެވެ.