މަތީ ތައުލީމް

އިންޑިއާއިން 34 ސްކޮލާޝިޕަކަށް ހުޅުވާލައިފި

އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރް) ގެ ފަރާތުން 34 ދަރިވަރަކަށް ސްކޮލާޝިޕްތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިިފި އެވެ.

ިއިންޑިއާ ސަރުކާރުގެ ފަރާތުން އައިސީސީއާރް މެދުވެރިކޮށް 2022-2023 ގެ ދިރާސީ އަހަރަށް ދިވެހިންނަށް ހުޅުވާލާފައިވަނީ 34 ސްކޮލަރޝިޕްގެ ފުރުސަތެވެެ.

ސްކޮލާޝިޕްގެ ދަށުން ދިވެހި ކިޔަވާކުދިންގެނަށް އިންޑިއާގެ ބޮޑެތި ސިޓީތަކުގެ އެންމެ މަތީ ފަންތީގެ ޔުނިވާސިޓީތަކުން އަންޑާ ގްރެޖުއޭޓް، ޕޯސްޓް ގްރެޖުއޭޓް އަދި ޕީއެޗްޑީ ފެންވަރަށް އާޓްސް، ސައިންސް، އިންޖިނިއަރިން، ބިޒްނަސް، ޓުއަރިޒަމް އަދި އެހެނިހެން ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މީގެ އިތުރުން އިންޑިއާގެ ސަގާފަތުގެ ދާއިރާއިން އިލްމު އުނގެނުމުގެ ފުރުސަތަށް ބައިނަލައަގްވާމީ ގޮތުން 100 ސްކޮލާޝިޕް ސްލޮޓްވެސް ވަނީ ހުޅުވާލާފަ އެވެ. އިންޑިއާގެ ސަގާފަތުގެ ތެރެއިން މިއުޒިކް، ޑާންސް، ތިއޭޓާ، ޕާފޯމިންގް އާޓްސް، ސްކަލްޕްޗާ، އިންޑިއާގެ ބަސްތަކާއި އިންޑިއާގެ ކެއުމާއި ގުޅޭގޮތުން ދަސްކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ސްކޮލާޝިޕް ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 18 އަހަރާއި 30 އަހަރުގެ ދަރިވަރުންނަށެވެ. އަދި ޕީއެޗްޑީ ގެ ފުރުސަތަށް ކުރިމަތިލުމުގެ ފުރުސަތު 45 އަހަރުނ ދަށުގެ ކޮންމެ ދަރިވަރަކަށް ވެސް ހުޅުވާލާފައި ވެއެވެ.

ސްކޮލާޝިޕްތަކަށް ޝައުގުވެރިވާ ދަރިވަރުން އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ކުރިް އައިސީސީއާރްފެ އޭޓޫއޭ ޕޯޓަލަށް ލިޔެކިޔުންތަކާއި އެކުގައި ހުށަހަޅަން ޖެހޭނެ އެވެ.