މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ގެވެށި އަނިޔާ ލިބޭ މީހުނަށް އެހީތެރިވަނީ

ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރި ވާން ޖެންޑާ މިނިސްޓރީ އާއި ހޯޕް ފޯ ވިމެން އިން އެއްބަސްވެއްޖެ އެވެ.

އެއްބަސްވުމުގެ ދަށުން ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާ ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ލިބޭ މީހުންނަށް ބޭނުންވާ ގާނޫނީ އެހީތެރިކަން އަދި ޕިއާ ސަޕޯޓް ގުރޫޕުގެ ހިދުމަތް ކުރިއަށް އޮތް އެއް އަހަރު ދުވަހަށް ހޯޕްފޯވިމެން އިން މިނިސްޓްރީއާއި ގުޅިގެން ފޯރުކޮށްދޭނެ އެވެ.

އެއީ ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ލިބޭ ފަރާތްތަކަށް ފޯރުކޮށްދެވޭ ހިދުމަތްތައް އިތުރުކޮށް ހަރުދަނާ ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.

އެއްބަސްވުމުގެ ދަށުން މާލޭގެ އިތުރުން އަތޮޅުތެރެއިން ހުށަހެޅޭ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.