އަލިފާން

ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް

Jan 25, 2022

ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ސިފައިންގެ ފްލެޓްތައް ކުރިމަތީ އޮތް ހުސް ބިމުގައި ހުރި ހިކި ގަސްތަކެއްގައި ރޯވެގެންނެވެ. އަލިފާންގަނޑު ވަރަށް ބޮޑަށް ހިފާފައި ހުއްޓެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 10:29 ގައި ކަމަށެވެ. އަލިފާން ނިންވަން ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

އަލިފާން ރޯވާން ދިމާވި ސަބަބެއް ނުބުނެއެވެ.