މަރު

ފުރަން ދިޔަ ފަތުރުވެރިޔަކު ކުއްލި ގޮތަކަށް މަރުވެއްޖެ

Jan 27, 2022
1

ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ފުރަން ގޮސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހުއްޓާ ފަތުރުވެރިޔަކު މަރުވެއްޖެ އެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލްގެ މީޑިއާ އޮފިޝަލަކު އަވަސް އަށް ވިދާޅުވީ މިއަދު ހެނދުނު މި ހާދިސާ ހިނގީ ވީއައިއޭގެ ސްމޯކިން އޭރިއާގައި ފަތުރުވެރިޔާ ހުއްޓާ ކަމަށެވެ.

"އަޅުގަނޑުމެން މިހާތަނަށް ބެލިބެލުމުން އެނގެނީ އެއީ ގުދުރަތީ މަރެއް ކަން،" އޮފިޝަލް ވިދާޅުވި އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ހާޓްއެޓޭކެއް ޖެހިގެން މަރުވީ އިނގިރޭސިވިލާތަށް ނިސްބަތްވާ ފިރިހެނެކެވެ.

މިހާދިސާ ހިނގަން މެދުވެރި ސަބަބެއް ފުލުހުން ގެންދަނީ ބަލަމުންނެވެ. މަރުވި ފަތުރުވެރިޔާގެ ހަށިގަނޑު މިވަގުތު ބާއްވާފައި އޮތީ އައިޖީއެމްއެޗްގައި ކަމަށްވެސް އެނގިފައިވެ އެވެ.