ފޮރިން މިނިސްޓްރީ

ރާއްޖެއިން ބުރުންޑީއަށް އޮނަރަރީ ކޮންސުލް އެއް

ދިވެހިރާއްޖެއިން ބުރުންޑީއަށް ފުރަތަމަ ފަހަރަށް އޮނަރަރީ ކޮންސުލް އެއް އައްޔަން ކޮށްފި އެވެ.

ބުރުންޑީގައި ހުންނަވާ ރާއްޖޭގެ ފުރަތަމަ އޮނަރަރީ ކޮންސުލް މރ. ސިލްވިއޭ ބަންކިންބާގާ އަށް އެމަގާމު ހަވާލުކުރިކަމުގެ ލިޔުން، ފަރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލު އިއްޔެ ވަނީ ހަވާލުކޮށްދެއްވާފަ އެވެ.

ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އޮނަރަރީ ކޮންސުލްކަމަށް އައްޔަންކުރިކަމުގެ ލިޔުން ބަންކިންބާގާ އާ ހަވާލުކުރުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އޮނަރަރީ ކޮންސުލް އައްޔަންކުރެވުމާ ގުޅިގެން ދެގައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް އަދި އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

ރާއްޖެއާ ބުރުންޑީއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރީ މީގެ އެއް ހަފްތާ ކުރިން، 20 ޖެނުއަރީ ގައެވެ. 12 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ ބުރުންޑީއާ ރާއްޖެއާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ ނިއުޔޯކްގައި ހުންނަ
ރާއްޖޭގެ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.