އަލިފާން

ރުމާލު ޖަގަހައިގައި ރޯވެ އަނދައިފި

Jan 28, 2022
1

ރުމާލު -2 ޖަގަހަ ހިންގި އިމާރާތުގައި ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ޖަގަހައިގައި ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މެންދުރު 2:47 ގައި ކަމަށެވެ. އަލިފާން ނިއްވަން ސިފައިން ދަނީ ހަރަކާތްތެރިވަމުން ކަމަށްވެސް ބުންޏެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފަައިވަނީ 3:15 އެހާކަންހާއިރެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ކެންޕެއިން މަސައްކަތަށް ބޭނުންކުރި ރުމާލު -2 ޖަގަހަ ހިންގި އިމާރާތުގައި ރޯވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެއެވެ. އަލިފާން ރޯވެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

އެ އިމާރާތުގައި ކޮވިޑް-19 އާ ގުޅިގެން ފްލޫ ކްލިނިކެއްވެސް ހިންގި އެވެ. އެތަން ބަންދުކުރި ފަހުން މަސްތުވާތަކެތި ބޭނުން ކުރާ އެތައް ބަޔަކު އެކަން ކުރާށާ ނިދަން އެތަނުގެ ބޭނުން ކުރިއެވެ.