ގާފަރު ކައިރިން އުޅަނދެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ އެވެ.
ސިފައިންގެ އިން ދެންމެ ބުނީ ކ.ގާފަރުގެ ދެކުނުން ހުޅަނގާ ދިމާއަށް އުޅަނދެއްގެ ބައެއް އޮޔާދާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާ ކަމަަށެވެ.
ސިފައިން ވަނީ އެ ސަރަހައްދުން ދަތުރު ކުރާ އުޅަނދުތައް އަދި ހާއްސަ ރޭގަނޑު ދަތުރުކުރާއިރު ސަމާލުވާން އެދިފައެވެ.
އޮޔާ ދަނީ ބޭރުގެ މަސް ބޯޓެކެވެ. ބެލެވޭ ގޮތުން އެއީ ލަންކާގެ މަސް ބޯޓެކެވެ.