ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ޑިރެކްޓަރު ކަމަށް ހުޅުވާލައިފި

Jan 30, 2022

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން ހޮވަންޖެހޭ ޑިރެކްޓަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބަވާ 11 ޑިރެކްޓަރުންގެ ތެރެއިން ތިން ޑިރެކްޓަރުންނަކީ އާންމު ހިއްސާދާރުންގެ ފަރާތުން ހޮވާ ޑިރެކްޓަރުންނެވެ. ދެން ތިއްބަވަނީ ސަރުކާރުން ކަނޑައަޅާ ޑިރެކްޓަރުންނެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން ހޮވަންޖެހޭ ޑިރެކްޓަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ ކުރިއަށް އޮތް ފެބްރުއަރީ 28 ވަނަ ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށެވެ.

ބީއެމްއެލްގެ ހިއްސާދާރުންގެ ތެރެއިން އުމުރުން 30-70 އަހަރާ ދެމެދުގެ ކޮންމެ ހިއްސާދާރާކަށް ވެސް މަގާމަށް ކުރިމަތިލެވޭނެ އެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން ހޮވަންޖެހޭ ޑިރެކްޓަރުން ހޮވާނީ މިއަހަރު ބާއްވާ ބޭންކުގެ އަހަރީ އާންމު ޖަލްސާގަ އެވެ.