ވިޔަފާރި

މާޒިޔާ ޓްރޭޑާސް ޒަމާނީކޮށް ބޮޑު ފިހާރައެއް ހުޅުވައިފި

Dec 20, 2015
  • އާ ފިހާރައިން ތަފާތު އާ އުފެއްދުންތައް
  • ފިހާރަ ހުޅުވާފައިވަނީ ކުރީގެ ފިހާރައާޖެހިގެން
  • ކުލަ މިކްސް ކުރުމުގެ ހިދުމަތް ވެސް ލިބޭ

މާޒިޔާ ޓްރޭޑާސް ޒަމާނީކޮށް ބޮޑު ފިހާރައެއް މަޖީދީ މަގުގައި ހުޅުވައިފި އެވެ.

ރާއްޖޭގައި ކުލައިގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން ގެންދާ މާޒީޔާ ޓްރޭޑާސްގެ ފިހާރަ ޒަމާނީކޮށް، ބޮޑު ކުރުމަށްފަހު މަޖީދީމަގުގައި އާ ފިހާރައެއް ހުޅުވައިފި އެވެ.

އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ކުރީގެ ފިހާރައާ އިންވެގެން ހުޅުވި އާ ފިހާރައިގެ ސަބަބުން ކަސްޓަމަރުނަށް ދެވޭ ހިދުމަތުގެ ފެންވަރު އެތައް ގުނައެއް ރަނގަޅު ވެގެންދާނެ ކަމަށެވެ.

"މިހާރު ފިހާރަ މި ހުރީ ބޮޑުކޮށްލާފަ. ކުރީގެ ފިހާރައާ ހިލާފަށް މިތަން [މިހާރުގެ ފިހާރަ] ބޮޑުވުމުން ވަރަށް ފަސޭހަ ވެގެންދާނެ. ހަމައެކަނި ފިހާރަ ބޮޑުކުރީއެއް ނޫން. ހިދުމަތުގެ ފެންވަރު ވެސް ރަނގަޅުކުރީ،" އޮފިޝަލް ވިދާޅުވި އެވެ.

މާޒިޔާ އިން ފިހާރަ ބޮޑުކޮށްފައިވާއިރު ކުރިން އެ ކުންފުނިން ވިއްކަމުން ދިޔަ ބާވަތްތަކުގެ އަދަދު ވެސް ވަނީ އިތުރުކޮށްފަ އެވެ. އަދި މުޅިން އާ ބާވަތްތަކެއް ވެސް ތައާރަފުކޮށްފައިވެ އެވެ.

އޮފިޝަލް ވިދާޅުވީ އިމާރާތެއްގެ ފިނިޝިން އަށް ބޭނުންވާ ކުލައިގެ ގިނަ ވައްތަރުތައް ހުންނާނެ ކަމަށެވެ.

"އިންޓީރިއާ އާއި އެކްސްޓީރިއާގައި ބޭނުންކުރާ ކުލައިގެ ގިނަ ވައްތަރުތައް ހުންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.

މާޒިޔާ ފިހާރަ މިފަހަރު ހުޅުވިއިރު ރޯޑް ޕެއިންޓާއި ރިސޯޓުތައް ތަރައްގީ ކުރުމުގައި ބޭނުންކުރާ ފަހުގެ އާލާތްތައްވެސް ތައާރަފުކޮށްފައިވެ އެވެ. މީގެ އިތުރުން މި ފިހާރަ އިން ކުލަ މިކްސް ކުރުމުގެ ހިދުމަތް ވެސް ލިބެ އެވެ.