އެމްއެންޑީއެފް

ހުޅުމާލޭގައި މިރޭ ހަވާއަރުވަނީ

Jan 31, 2022

ހުޅުމާލޭގައި މިރޭ ހަވާ އަރުވާން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެ އިދާރާއިން ބުނީ މިރޭ 9 ޖަހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަވާ އަރުވަން ހަމަޖެހިފައިވާ ކަމަށެވެ. ހަވާ އަރުވަނީ އަމިއްލަ ފަރާތަކުން އެދިގެންނެވެ. އެނގިފައިވާ ގޮތުގަައި ހަވާ އަރުވަނީ ޗައިނީސް ނިއު އިއާ ފާހަގަކުރުމުގެ ގޮތުންނެވެ.

ފަސް މިނެޓްގެ ވަގުތަށް ހަވާ އަރުވާނެ އެވެ.

އެކި މުނާސަބަތުތަކާއި ގުޅުވާ ރާއްުޖޭގައިވެސް ހަވާ އަރުވައެވެ. އަމިއްލަ ފަރާތްތަކުން އެދިގެންވެސް ހަވާ އަރުވާ ދެއެވެ. ހަވާ އެެރުވުމުގެ ހުއްދަ އޮންނަނީ ސިފައިންގެއަށް އެކަންޏެވެ. އަމިއްލަ ފަރާތަކުން އެކަން ކުރަން ބޭނުންނަމަ ސިފައިންގެ ވިޔަފާރި ކުންފުނި ސިފްކޯއާ ގުޅުމުން ހަމަޖެހިފައިވާ އަގެއްގައި އެކަން ކޮށްދެއެވެ.

އައު އަހަރު ފާހަގަކުރުމުގެ ގޮތުންވެސް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ހަވާ އެރުވުން ކުރިއަށް ގެންގޮސްފައިވެއެވެ.