އުރީދޫ

އުރީދޫ މޯލްޑިވްސްގެ ސީއީއޯގެ މަގާމަށް ހާލިދު

Feb 1, 2022

އުރީދޫ މޯލްޑިވްސްގެ ޗީފް އެކްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑައިރެކްޓަރުގެ މަގާމަށް ހާލިދް ހަސަން އަލް ހަމާދީ މިއަދު ހަމަޖައްސައިފި އެވެ.

ހާލިދަކީ އުރީދޫ ގަތަރުގައި މީގެކުރިން އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެ ކުންފުނީގެ ސީނިއާ ޑިރެކްޓާ އިން ކޮންސިއުމާ ސޭލްސްގެ މަގާމާއި އެސިސްޓެންޓް ޑިރެކްޓާ އޮފް ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް މަގާމު ފުރުއްވާފައިވެ އެވެ.

ހާލިދު އުރީދޫ ގުރޫޕާ ގުޅުނީ 2010 ވަނަ އަހަރު އެވެ. އޭނާ މީގެ ކުރިން ވަނީ އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑު މެންބަރު ކަންވެސް ކުރައްވާފަ އެވެެ.

ހާލިދަކީ ތަޖުރިބާކާރު އަދި ސެޓިފައިޑް އޮޑިޓަރެކެވެ. އުރީދޫ މޯލްޑިވްސް އިން ބުނި ގޮތުގައި ހާލިދކީ އެ ކުންފުނީގެ ކީ ޕާފޯމަންސް އިންޑިކޭޓާސް ތައްޔާރު ކުރެއްވި ބޭފުޅެއް ކަމަށެވެ.

އުރީދޫ މޯލްޑިވްސް އިން ވަނީ އެ ކުންފުނީގެ އާ ސީއީއޯ އަށް މިއަދު މަރުހަބާ ވެސް ކިޔާފަ އެވެ.