ޖޭއެސްސީ

ފަނޑިޔާރުން މާލީ ބަޔާން ހުށަހަޅަން ހަނދާންކޮށްދީފި

Feb 2, 2022

ފަނޑިޔާރުންގެ ގާނޫނާއި ކަމާ ގުޅޭ ގަވައިދުތަކާ އެއްގޮތަށް ހުރިހާ ފަނޑިޔާރުން ވެސް މާލީ ބަޔާން ހުށަހެޅުއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަނދާންކޮށްދީފި އެވެ.

ފަނޑިޔާރުންގެ މާލީ ބަޔާނާ ބެހޭ ގަވައިދެއް ޖޭއެސްސީން ވަނީ ޑިސެމްބަރު 24، 2020 ގައި އާންމުކޮށްފަ އެވެ.

ގަވާއިދުގައިވާ ގޮތުން ކޮންމެ މީލާދީ އަހަރެއް ނިމުމުން ފެށޭ އަހަރުގެ ފެބްރުއަރީ މަހުގެ އެންމެ ފަހު ދުވަހުގެ ކުރިން ހުރިހާ ފަނޑިޔާރުންވެސް ޖޭއެސްސީ އަށް މާލީ ބަޔާން ހުށަހަޅަން ޖެހެ އެވެ.

ފަނޑިޔާރުން މާލީ ބަޔާން ހުށަހަޅަން ހާއްސަކޮށްގެން ހަދާފައިވާ ފޯމަށް ބައެއް އިސްލާހުތައް ގެނެސްފައިވާތީ އެކަމަށް ސަމާލުވުމަށްވެސް ޖޭއެސްސީން އެދިފައިވެ އެވެ.

ފަނޑިޔާރުންގެ މަގާމަށް މިދިޔަ އަހަރު އައްޔަންކުރެއްވި ބޭފުޅުން މާލީ ބަޔާން ހުށަހަޅުއްވާނީ އައްޔަނު ކުރި ތާރީހުން ފެށިގެން މިދިޔަ ޑިސެމްބަރު މަހުގެ 31ގެ ނިޔަލަށް ތައްޔާރުކޮށްފައިވާ މާލީ ބަޔާނެއް ކަމަށްވެސް ޖޭއެސްސީން ބުނެފައިވެ އެވެ.

މިދިޔަ އަހަރު ނިމުނުއިރު ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ ޖުމްލަ 184 ބޭފުޅުންނެވެ. އެއީ 164 ހަތަރު ފިރިހެން ބޭފުޅުންނާއި 20 އަންހެން ބޭފުޅުންނެވެ.