އުރީދޫ

އުރީދޫ ބޯޑުގެ ނިންމުން؛ ހިއްސާއަކަށް 2.70ރ.

Feb 5, 2022
1

އުރީދޫ މޯލްޑިވްސް އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާދާރުންނަށް 2.70ރ. ބަަހަން އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅަން ނިންމައިފި އެވެ.

އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުންގެ ބޯޑުން މިމަހުގެ ތިންވަނަ ދުވަހު ބޭއްވި އަހަރީ އާއްމު ޖަލްސާގައި މިދިޔަ އަހަރުގެ މާލީ ހިސާބުތައް ފާސްކޮށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާދާރުންނަށް 2.70ރ. ބަހަން ވަނީ ނިންމާފަ އެވެ.

އުރީދޫގެ ހިއްސާދާރުންނަށް ފައިދާ ލިބޭނީ މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ރަޖިސްޓްރީކޮށްފައިވާ ހިއްސާދާރުންނަށެވެ.

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ ހަމައެކަނި މަލްޓިނޭޝަނަލް ކުންފުނި ކަމަށްވާ އުރީދޫން ދަނީ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބާއްވަން ތައްޔާރުވަމުންނެވެ.

އުރީދޫއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.