އޮބިޗުއަރީ

ދޮންބިލަތް ބައްޕަ ގުއްދޫސް އަވަހާރަވެއްޖެ

Feb 5, 2022

ރައްޔިތުންގެ މަޖިލީހުގެ ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލަތް)ގެ ބައްޕަ އަބްދުލް ގުއްދޫސް އިބްރާހީމް އަވަހާރަވެއްޖެ އެވެ.

އާއިލާގެ ބޭފުޅަކު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގުއްދޫސް މިއަދު އަވަހާރަވީ ގިނަ ދުވަސްތަކަކު އާލާސްކަންފުޅާ އުޅުއްވުމަށްފަހު ކަމަށެވެ.

އަވަހާރަވިއިރު ގެންދެވީ އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯއްދަވަމުންނެވެ.

ކުރީގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމުގައިވާ ގުއްދޫސް އަވަހާރަވިއިރު އުމުރުފުޅަކީ 82 އަހަރެވެ.

ގުއްދޫސްގެ ޖަނާޒާ ކުރިއަށް ގެންދިއުމަށް ހަަމަޖައްސާފައިވަނީ މިރޭ 10:30 ގައި އިސްލާމީ މަރުކަޒުގައި ކަށުނަމާދު ކުރުމަށްފަހު އާސަހަރާގަ އެވެ.