ކޮމަންޑޫ ދާއިރާ

ކޮމަންޑޫ ގޮނޑި އެމްޑީޕީގެ ރާޝިދަަށް

Feb 5, 2022
6

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ކާމިޔާބު ކުރައްވައިފި އެވެ.

އިންތިހާބަށް ކެންޑިޑޭޓުން ނެރެފައި ވަނީ އެމްޑީޕީ އާއި ޕީޕީއެމް އަދި އެމްއެންޕީ އިންނެވެ. އެއީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީހެވެ. މި އިންތިހާބަށް ޖުމްލަ ހަތް ވޯޓް ފޮށި ބަހައްޓާފައިވެއެވެ.

އެންމެ ވޯޓް ފޮއްޓަކުން ނޫނީ ހުރިހާ ވޯޓް ފޮއްޓަކުން ކުރި ހޯއްދަވާފައިވަނީ ރާޝިދެވެ.

ކޮމަންޑޫ ސުކޫލުގައި ބެހެއްޓި ވޯޓް ފޮށިން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުއަށް ލިބިފައިވަނީ 144 ވޯޓެވެ. ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އަށް ލިބިފައިވަނީ 152 ވޯޓެވެ. އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހާން އަށް ލިބިފައިވަނީ 37 ވޯޓެވެ.

ކޮމަންޑޫ ޕްރީ ސުކޫލްގައި ބެހެއްޓި 2 ނަންބަރު ވޯޓް ފޮށީގެ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ވަނީ ކުރި ހޯއްދަވާފައެވެ. އޭނާއަށް މި ފޮށިން ލިބިފައިވަނީ 159 ވޯޓެވެ. ޕީޕީއެމްގެ މޫސާ ފަތުހީއަށް 92 ވޯޓް އަދި އެމްއެންޕީގެ އަބްދުލް ހަންނާން އަށް 64 ވޯޓް ވަނީ ލިބިފައެވެ.

މަރޮށީގައި ބެހެއްޓީ އެންމެ ވޯޓު ފޮށްޓެކެވެ. އެ ފޮށްޓަށް ވޯޓުލާފައިވަނީ 317 މީހުންނެވެ. އޮ ފޮށްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ 367 މީހުން ތިއްބެވެ. މި ފޮށިން މުހައްމަދު ރާޝިދަށް 161 ވޯޓު ލިބިފައިވާއިރު މޫސާ ފަތުހީ އާދަމް އަށް 95 ވޯޓު އަދި
އަބްދުލްހަންނާން އިދުރީސްއަށް ހަތަރު ވޯޓް ވަނީ ލިބިފައެވެ.

ފޯކައިދޫގައި ބެެހެއްޓި ދެ ވޯޓު ފޮށީގެ ތެރެއިން އެއް ފޮށިން މޫސާ ފަތުހީ ވަނީ ކުރި ހޯއްދަވާފައެވެ. އޭނާ 202 ވޯޓު ލިބުނުއިރު ރާޝިދަށް އެ ފޮށިން ލިބިފައިވަނީ 195 ވޯޓެވެ. ހަންނާނަށް ލިބިފައިވަނީ 13 ވޯޓެވެ. ފޯކައިދޫ އަކީ ރާޝިދުގެ އުފަން ރަށެވެ.

މާލޭގައި ބެހެއްޓުނު ދެ ނަންބަރު ވޯޓް ފޮށީގެ ނަތީޖާއަށް ބަލާއިރު އެމްޑީޕީގެ މުހައްމަދު ރާޝީދަށް 234 ވޯޓް ލިބިފައިވެއެވެ. ޕީޕީއެމްގެ މޫސާ ފަތުހީ އާދަމަށް 178 ވޯޓް އަދި އެމްއެންޕީގެ އަބްދުލްހަންނާނު އިދުރީސް އަށް 69 ވޯޓް ލިބިފައިވެއެވެ.

ބާތިލް ވޯޓްގެ ގޮތުގައި 11 ވޯޓް ގުނާފައިވެއެވެ.

މާލޭގައި ބެހެއްޓުނު އެެއް ނަންބަރު ވޯޓް ފޮށީގެ ނަތީޖާއަށް ބަލާއިރު އެމްޑީޕީގެ މުހައްމަދު ރާޝީދަށް 280 ވޯޓް ލިބިފައިވެއެވެ. ޕީޕީއެމްގެ މޫސާ ފަތުހީ އާދަމަށް 242 ވޯޓް އަދި އެމްއެންޕީގެ އަބްދުލްހަންނާނު އިދުރީސް އަށް 88 ވޯޓް ލިބިފައިވެއެވެ.