ރައްޔިތުންގެ މަޖިލިސް

ޕީސީބީގެ ރައީސް އާސިމަށް ރުހުން ހޯދަން ހުށަހަޅައިފި

Feb 7, 2022

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސަކަށް އާސިމް މުހައްމަދު ހަމަޖައްސަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ޕީސީބީގެ ރައީސްގެ މަގާމަށް އާސިމް ހަމަޖެއްސީ އެ މަގާމު ހުސްކޮށް އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ.

ޕީސީބީގެ ރައީސްގެ މަގާމަށް ހަމަޖެއްސެވި އާސިމަކީ މީގެ ކުރިން ޕީސީބީގެ ނައިބު ރައީސެވެ.

އާސިމަށް ރުހުން ހޯދުމަށް މަޖިލީހުން ދެކޭ ގޮތެއް އަންގަވައި ދެއްވުން އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓިީ އަމީންއާންމު މަޖިލީހަށް ހުށަހެޅުއްވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މައްސަލަ ދިރާސާކުރަން ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ އަށެވެ.

ކުންފުނިތައް ޒިންމާދާރު ކުރުމުގެ މަސައްކަތް ކުރުން މަތިކޮށްފައިވާ މިނިވަން ވުޒާރާއެއްގެ ގޮތުގައި މަސައްކަތް ކުރާ ޕީސީބީ އަށް ރައީސެއް ހަމަޖެއްސީ ކުރިން އެ ތަނުގެ ރައީސްގެ މަގާމުގައި ހުންނެވި ހަސަން ވަހީދު އިސްތިއުފާ ދެއްވުމުންނެވެ.

އާސިމް އިތުރުން ޕީސީބީގެ ބޯޑުގައި މިހާރު ތިއްބަވަނީ އައިޝަތު ޝާޒްލީ އާއި އަލީ ޝަފީއު އާއި އަހްމަދު ޝަރީފް ޔޫސުފުގެ އިތުރުން ރުޝާހާ އަހަމްދު ޝަރީފް އާއި އަލީ ސުޖާއު އެވެ.

ދައުލަތުގެ ކުންފުނިތައް ޕްރައިވެޓައިޒް ކޮށްގެން 771 މިލިއަން ރުފިޔާ ހޯދުމަށް ދައުލަތުގެ މިއަހަރު ބަޖެޓުގައި ހިމަނާފައިވެ އެވެ.