ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ލަގެޖް ރޭމްޕްތެރޭ އަތް ފިތިގެން ބިނދިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ލަގެޖް ރޭމްޕް ތެރޭގައި ފިތިގެން މުވައްޒަފެއްގެ އަތް ބިނދިއްޖެ އެވެ.

އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާ ހިނގާފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އަތް ބިނދުނީ އެއާޕޯޓްގައި މަސައްކަތް ކުރާ ދިވެހި ފިރިހެންގެ ކަމަށާއި އޭނާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

އެއާޕޯޓްގައި އެކި ކަހަލަ ހާދިސާތައް އަނބަދު ވެސް ހިނގަ އެވެ. އެގޮތުން ވަރަށް ފަހުން ވަނީ ފުރަން ގޮސް ހުރި ފަތުރުވެރިއަކު ހާޓް އެޓޭކެއް ޖެހިގެން މަރުވެފަ އެވެ.

ރާއްޖޭގެ އެއާޕޯޓަކީ އަބަދު ވެސް ވަރަށް ހަލަބޮލި ތަނެކެވެ. އެއާޓްރެޕިކް ކޮންޓްރޯލް ކުރަން އެމްއޭސީއެލުން ވަނީ އާ ރަންވޭނެ ވަކި ހިސާބެއް ވެސް ބޭނުން ކުރަން ފަށާފަ އެވެ. އާ ރަންވޭއާއެކު ކޮންމެ ދެ މިނެޓަކުން ފްލައިޓެއް ޖެއްސޭނެ ކަމަށް އެމްއޭސީއެލުން ބުނެ އެވެ.