އަލިފާން

ރޯވި އަލިފާން ނިއްވާލެވުނީ 12 ގަޑިއިރުން

އައްޑޫ ސިޓީ ހިތަދޫ މާކިޅި ސަރަހައްދުގައި ރޯވި އަލިފާންގަނޑު އެންމެ ފަހުން ނިއްވާލައިފި އެވެ.

އައްޑޫ އިކުއަޓޯރިއަލް ސަރަަހައްދާ ކައިރީގައި އޮންނަ މި ކިލީގައި އަލިފާން ރޯވީ އިއްޔެ ހަވީރު ހަތަރެއް ޖަހާ ކަންހާއިރު އެވެ. ނަމަވެސް އަލިފާންގަނޑު ކޮންޓްރޯލްކޮށް އެންމެ ފަހުން ނިއްވާލެވުނީ 12 ގަޑިއިރު ހޭދަވި ފަހުން ރޭ ފަތިހު ހަތަރެއް ޖަހާއިރު އެވެ.

އަލިފާން ގަނޑު ކޮންޓްރޯލް ކުރެވުނު ނަމަވެސް މި ސަރަހައްދު އަދިވެސް މޮނީޓާ ކުރަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.

ކިޅީގައި ރޯވި އަލިފާންގަނޑު ބޮޑު ސަރަހައްދަކަށް އިއްޔެ ފެތުރުނެވެ. ނަމަވެސް މި ހާދިސާ ހިނގަން މެދުވެރުވީ ސަބަބު އަދި ނޭނގެ އެވެ. އެކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްއިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.