އުމަރު ނަސީރު

އެމްޑީޕީ ވަނީ އިސްލާހީ ބަދަލަކަށް ބޭނުންވެފައި: އުމަރު

Dec 20, 2015
1

އެމްޑީޕީއަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހިފައިވާކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މިވަގުތު ފޮރިން މިނިސްޓްރީއާ ވެސް ހަވާލުވެ ވަޑައިގެން ހުންނެވި ހޯމް މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ
މިދިއަ ހަ އަހަރު ތެރޭގައިވެސް އެމްޑީޕީގެ ލީޑަރު ކަމުގެ މަގާމަށް ވާދަވެރިކަމެއް ނެތް ކަމަށާއި، މިހާތަނަށް ޕާޓީއަށް އިންތިހާބު ކުރި ތިން ލީޑަރުންވެސް ވަކިކޮށްފައިވާ ކަމަށެވެ. ޕާޓީ އެންމެ މީހެއްގެ ފަހަތުގައި "ކަލްޓް" އަކަށް ވެފައި ކަމަށެވެ.

އަބަދުވެސް އެމްޑީޕީއަށް ފާޑުވިދާޅުވާ އުމަރު މި ޓްވީޓް ކުރެއްވި އިރު މީގެ ދުވަސްކޮޅެއް ކުރިން ވެސް އެގޮތަށް ފާޑު ވިދާޅުވި އެވެ.

އެ ފަހަރު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގެ ވޯޓް ކަރުދާހުގައި ރައީސް މުހައްމަދުގެ ނަން ނޯންނާނެ ކަމަށާއި އެމްޑީޕީއަށް 2018 އާއ 2023 ވެސް ގެއްލޭނެ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ލީޑަޝިޕްގައި ތިބި ގިނަ ބޭފުޅުންނަކީ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރަން ބޭނުން ނުވާ ބޭފުޅުން ކަމަށާއި ސަބަަބަކީ އެ ބޭފުޅުންނަކީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ފައި ނަގައިގެން ތިއްބެވި ބޭފުޅުންނަށްވުން ކަމަށެވެ.

"އެބޭފުޅުން ތިއްބެވީ އެ މަގާމަށް ފައިނަގައިގެން. އެކަމަކު ނަޝީދަކީ ޑިމޮކްރެޓިކް ލީޑަރެއް ނޫން އޭނާ ހުންނަވާނީ ހިފެހެއްޓޭނެ ހުރިހާ އެއްޗެއްގައި ހިފަހައްޓައިގެން އޭނާ އަށް ވެރިކަމަށް ނާދެވެންޏާ އޭނާ ޓިކެޓް ދެއްވާނީ އަނބިކަނބަލުންނަށް" އުމަރު ނަސީރު ވިދާޅުވި އެވެ. "ތަސްމީނާ ޝާހިދު ވެސް ތިބީ އެމީހުންގެ އަތަށް ފުރޮޅޭނެ ކަމުގެ އުންމީދުގައި އެމީހުން އެތިބީ އާފަލް ވެއްޓޭނެ ކަމަށް ބަލައިގެން ގަސްދޮށަށް ވަދެ އތް ދިއްކޮށްގެން! އެކަމަކު ނަޝީދަކީ އާދައިގެ ބޭފުޅެއް ނޫން ނުލިބޭ ކަމަށް ވަންޏާ އަނބިކަނބަލުން އަތަށް ދެއްވާނީ. ތަސްމީނާ ޝާހިދު ގަސްދޮށުގައި ދޮން އަނބު ވެއްޓޭތޯ ތިބި ނަމަވެސް ދެފައިން ވާގި ދާނީ،"