އުރީދޫ

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ

Feb 9, 2022

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕްލެޓިނަމް ޕާޓްނަރުކަން އުރީދޫ އަށް ދީފި އެވެ

އުރީދޫ މޯލްޑިވްސްގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާ އެވެ. އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރާއްޖޭގެ އެކި ރަށްތަކުން 91 ޓީމެއް ބައިވެރިވެ އެވެ. މުބާރާތުގައި 177 މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ.

މުބާރާތް ފަށަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. މެޗުތައް އޮންނާނީ ހުޅުމާލެ ޓާފް ދަނޑުގަ އެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއާޝަނުން، ގޯލްޑަން ފުޓްސަލް ޗެލެންޖު ބާއްވަން ފަށާފައިވަނީ 2015 ވަނަ އަހަރުން ފެށިގެންނެވެ.

މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ޓީމުތަކެއް ބައިވެރިވެ އެވެ.