ހަބަރު

ހާއްސަ އިނާމުގެ ކޮމެޓީއަށް ޝާހީން

Dec 21, 2015

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމާބެހޭ ކޮމިޓީގެ މެންބަރަކަށް، މައްޗަންގޮޅީ ވިލާރޮދި އާއިޝަތު ޝާހީން، ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

ޢާއިޝަތު ޝާހީން މިހާރު އަދާކުރައްވަމުން ގެންދަވަނީ، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ ރިސާޗް އެންޑް އިނޮވޭޝަން ކަމުގެ މަގާމެވެ.

ޚާއްޞަ އިނާމާބެހޭ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު މި ހަމަޖެއްސެވީ، އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޑރ. މުޙައްމަދު ޢާޞިމް، ބަންގްލަދޭޝްގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް ޢައްޔަން ކުރެއްވުމާ ގުޅިގެންނެވެ.