މަގުމަތީގެ އެކްސިޑެންޓް

ހައިވޭގައި ކާރުތަކެއް މުޑިއަރައި އެކްސިޑެންޓްވެއްޖެ

Feb 12, 2022

މާލެ-ހުޅުމާލޭ ހައިވޭގައި މިރޭ ކާރުތަކެއް މުޑިއަރައި އެކްސިޑެންޓް ވެއްޖެ އެވެ.

މި އެކްސިޑެންޓާ ގުޅޭ ވީޑިއޯ މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

ފުލުހުން ވަނީ އެކްސިޑެންޓެއް ހިނގާފައިވާ ކަމާއި އެކަން ހިނގާދިޔަ ގޮތް ބަަލަމުންދާ ކަމަށް ބުނެފަ އެވެ.

މިއެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެނގިފައިވެ އެވެ. ނަމަވެސް ބައެއް ކާރު ތަކަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ސިނަމާލެ ބްރިޖު ހުޅުވި ދުވަސްވަރު ވެސް މިފަދަ ބައެއް އެކްސިޑެންޓްތައް ވަރަށް ގިނައިން ހިނގައި އެކްސިޑެންޓްތަކުގައި ބައެއް މީހުން މަރުވެސްވި އެވެ.

އާންމުކޮށް މިފަދަ އެކްސިޑެންޓްތައް ހިނގަނީ ޓްރެފިކް ލައިޓުން ނައްޓާލާ ވަގުތު ކުރިމަތީގައި އޮންނަ ވެހިކަލް ކުއްލި އަކަށް މަޑުކޮށްލުމުން ފަހަތުން އަންނަ ވެހިކަލްތައް މުޑިއަރައިގެންނެވެ.