އުރީދޫ

އުރީދޫ އިންޓަނެޓަށް މިއަދު ބުރޫއަރާފާނެ

Feb 14, 2022

އުރީދޫގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް މިއަދު އިންޓަނެޓް ބޭނުންކުރުމަށް ދަތިތަކަކާ ދިމާވެދާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ، އުރީދޫއަށް އިންޓަނެޓް ފޯރުކޮށްދެމުން އަންނަ ބޭރު ކުންފުނީގެ ނެޓްވޯކް މިއަދު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެހެންކަމުން މިއަދުގެ އެކި ވަގުތުތަކުގައި އިންޓަނެޓް ކެނޑުން އެކަށީގެންވާ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ. އަދި ވީހާވެސް އަވަހަކަށް މަސައްކަތް ނިންމައި ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ އުނދަގުލަކަށް އެކުންފުނިން ވަނީ މައާފަށް އެދިފަ އެވެ.