ރައްޔިތުންގެ މަޖިލިސް

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީއަށް

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އެވެ. އަދި އެ ބިލުގެ އިބްތިދާއީ ބަހުސް ނިންމައި ބިލު އިތުރަށް ދިރާސާކުރަން ކޮމިޓީއަށް ފޮނުވުމާ ގުޅޭ ގޮތުން މިއަދު ނެގި ވޯޓުގައި ފެންނަކަމަށް 42 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްްވަ އެވެ.

ބިލު ބަލައިގަނެ އިތުރަށް ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފަ އެވެ.

ބިލުގައިވާ ގޮތުން ވިހެއުމާ ގުޅިގެން ނުވަތަ ދަރިޔަކު ލިބުމާ ގުޅިގެން ފަނޑިޔާރުންނަށް ވެސް ވަކި ހާއްސަ ޗުއްޓީއެއް ލިބޭނެ އެެވެ.

އެގޮތުން އަންހެން ފަނޑިޔާރުންނަށް ހަ މަސް ދުވަހުގެ ޗުއްޓީއެއް އަދި ފިރިހެން ފަނޑިޔާރުންނަށް މަސް ދުވަހުގެ ޗުއްޓީ ލިބޭނެ އެވެ.

މި ޗުއްޓި ލިބޭނީ މުސާރަ ހިނގާގޮތަށް ކަމަށް ވެސް ބިލުގައި ބުނެފައި ވެއެވެ.

ވިހެއުމާ ގުޅިގެން ސަރުކާރުގެ ގިނަ މުއައްސަސާތަކާއި އަދި އަމިއްލަ ކުންފުނިތަކުން ވެސް ހަ މަހުގެ ޗުއްޓީ ދެއެވެ.