ރައްޔިތުންގެ މަޖިލިސް

ދިރޭތަކެތީގެ ވިޔަފާރި ކުރުމުގެ ބިލު ކޮމިޓީއަށް

ނެތި ދިޔުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރި ކުރުމުގެ ބިލު މަޖިލީހުގެ ތަޅުމުން ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ އެވެ. ބިލުގެ އިބްތިދާއީ ބަހުސް ނިންމައި ބިލު އިތުރަށް ދިރާސާކުރަން ކޮމިޓީއަށް ފޮނުވުމާ ގުޅޭ ގޮތުން މިއަދު ނެގި ވޯޓުގައި ފެންނަކަމަށް 42 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްްވަ އެވެ.

ބިލު ބަލައިގަނެ އިތުރަށް ދިރާސާކުރަން ފޮނުވީ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށެެވެ.

ބިލުގެ ބޭނުމަކީ ނެތި ދިޔުމުގެ ބިރު ހީވެފައިވާ އަދި ނެތި ދިޔުމުގެ ނުރައްކާ ކުރިމަތިވެފައިވާ އަދި އެކްސްޕްލޮއިޓް[ނަހަމަ ގޮތުގައި ބޭނުން] ކުރެވޭ ޖަނަވާރާއި ގަސް ގަހާ ގެއްސާއި އެ އެއްޗެހީގެ ބައިތަކާއި އުފެއްދުންތައް ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި އެ ތަކެތީގެ ވިޔަފާރި ކުރުމާއި އެ ތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދިއުމާ ބެހޭ އުސޫލުތައް ކަނޑައެޅުން ކަަމަށް ބުނެފައި ވެއެވެ.

މި ބިލު ގާނޫނަކަށް ވުމުން ގާަނޫނު ތަންފީޒުކުރަން މެނޭޖްމަންޓް އޮތޯރިޓީއަކާއި ސައިންޓިފިކް އޮތޯރިޓީއަކާއި އަދި އެންފޯސްމަންޓް އޮތޯރިޓީއެއް ކަނޑައަޅަން ޖެހޭނެ އެވެ.

ބިލުގައި ޖަނަވާރާއި ގަސްހަގާގެހި އިމްޕޯޓްކުރުމާއި އެކްސްޕޯޓް އަދި ރީ އެކްސްޕޯޓްގެ ޝަތުރުތައް ބަޔާންކޮށްފައި ވެއެވެ.

ބިލުގައި ހިމެނޭ ޖަނަވާރާއި ގަސްހަގާގެހި ހުއްދަ ނެތި އެތެރެކޮށް، އެކްސްޕޯޓްކުރުން، ރީ އެކްސްޕޯޓް ނުވަތަ ވިއްކާނަމަ 2000 ރުފިޔާއާއ 100 މިލިއަން ރުފިޔާއިން ޖޫރިމަނާކުރެވިދާނެ ކަަމަށް ބުނެފައި ވެއެވެ.