ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ތުރުކީގެ ފޮރިން މިނިސްޓަރު ޗަވްސޯލޫއަށް ކޮވިޑް ޖެހިއްޖެ

ތުރުކީގެ ފޮރިން މިނިސްޓަރު މެވްލޫތު ޗަވްސޯލޫއަށް ކޮވިޑް ޖެހިއްޖެ ކަމަށް ވިދާޅުވެއްޖެ އެވެ. އޭނާ އަދި ވިދާޅުވީ އާލާސްކަންފުޅު ކުޑަ ކަމަށާއި ގޭގައި ހުންނަވައިގެން ވެސް އޮފީސް މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

މެވްލޫތު ވިދާޅުވި ގޮތުން ކުޑައިކޮށް ހުން އިހުސާސްވެ ވަޑައިގެން ޓެސްޓްކުރިއިރު ކޮވިޑަށް ޕޮސިޓިވް ކަމަށާއި އަލާމާތައް އަދި ވެސް ފަނޑު ކަމަށެވެ. އޭނާ ވިދާޅުވީ މާބޮޑުވަރުނުވެ ފަސޭހަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ތުރުކީގައި މިހާރު ކޮވިޑް ފެތުރެމުން އެދަނީ ވަޒީރުންގެ މެދުގަ އެވެ. މިމަހު ކުރީކޮޅު ތިމާވޭށި ވަޒީރަށާއި ދިފާއީ ވަޒީރަށް ވަނީ ކޮވިޑް ޖެހިފަ އެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ދެމަފިރިންނަށް ވެސް ކޮވިޑް ޖެހި އާލާސްކަންފުޅު ބޮޑުވަރު ނުވެ ވަނީ ރަނގަޅުވެފަ އެވެ.

ތުރުކީއަކީ ވެސް ކޮވިޑްގައި ބޮޑުވަރުވި ގައުމެކެވެ. އާބާދީގެ ނިސްބަތުން އެކި ދުވަހު ކޮވިޑަށް ޕޮސިޓްވާ މީހުން ރެކޯޑް އަދަދަކަށް އިތުރުވެގެން ގޮސްފައި ވެސް ވެ އެވެ.

ގައުމުގެ މުޅި އާބާދީއަށް ވެކްސިން ދޭން ފައްޓާއި އަދި ވެކްސިންގެ ދަތިކަން ތަހަންމަލުކުރަން ޖެހިދާނެ ކަމަށް ތުރުކީގައި އަމިއްލަ ވެކްސިނެއް އުފައްދައި ވަނީ އަޖުމަބަލާފަ އެވެ. އެހެން ނަމަވެސް ފުޅާދައިރާއެއްގައި ޓެސްޓްކޮށް އަދި މަރުހަލާތައް މުޅިން ނުނިންމަ އެވެ.

މެވްލޫތުއަށް ކޮވިޑް ޖެހުނުއިރު މިފަހަކުން ގައުމުތަކަށް ވަޑައިގެން ސަރުކާރުގެ އިސް ބޭބޭފުޅުންނާ ވަނީ ބައްދަލު ކުރައްވާފަ އެވެ.

ޔުނައިޓެޑް އަރަމް އެމިރޭޓްސް އާއި ބަހްރޭން، ސްރީ ލަންކާ އަދި ދިވެހި ރާއްޖެ އަށް ވެސް ތުރުކީގެ ފޮރިން މިނިސްޓަރު މެވްލޫތު ޗަވްސޯލޫ ވަޑައިގެން ވަނީ ގާތް ގުޅުމެއް އުފަދާވާފަ އެވެ.