އުރީދޫ

އުރީދޫ އެމް ފައިސާ ވައިބާ އަށް، ފައިސާ ފޮނުވަން ފަސޭހަ

Feb 18, 2022
1

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މެސެޖިން ޕްލެޓްފޯމް، ރަކުޓެން ވައިބާއާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ވައިބާ މެދުވެރިކޮށް އެމް-ފައިސާ އިން ފައިސާ ފޮނުވޭގޮތް ހަަދައިފި އެވެ.

ކުދި ވިޔަފާރިތަކަށް ބޭނުން ކުރެވޭ މި މުހިންމު ހިދުމަތް ތައާރަފުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އާއި އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ އަދި ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު އެވެ. މި ރަސްމިއްޔާތުގައި ރަކުޓެން ވައިބާ ސީނިއާ ޑިރެކްޓަރު ޑޭވިޑް ސޫ ވާޗުއަލް ކޮށް ބައިވެރިވެވަޑައިގަތެވެ.

މި ހިދުމަތާ ބެހޭ ގޮތުން، އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު، ހާލިދު އަލް-ހަމާދީ ވިދާޅުވީ ވައިބާ އާއި ޕާޓްނާވެ ރަައްކާތެރިކަމާއެކު ފއިސާގެ މުއާމަލާތް ކުރެވޭ މި އީޖާދީ ހިދުމަަތް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ވައިބަ އަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި ފުޅާ ދާއިރާއެއްގައި ބޭނުން ކުރަމުންދާ ޕްލެޓްފޯމަކަށް ވުމުން، މި ޙިދުމަަަތަަކީ ކަަސްޓަމަރުން ޑިޖިޓަލް ޕްލެޓްފޯމްތަކަށް އަހުލުވެރިކުރުވުމަށް އެޅޭ ވަަރަަށް ބޮޑު ބާރެއްވެސްމެއެވެ. އަޅުގަނޑުމެންގެ މުޖުތަމައުތައް އިތުރު ހަރުފަތަކަށް ގުޅުވާލަދިނުމަށް މިފަަދަ އައު އީޖާދީ ހައްލުތައް ގެނެސްދިނުމުގައި އަބދުވެސް ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން،" ހާލިދު އަލް-ހަމާދީ ވިދާޅުވި އެވެ.

އޭޕީއޭސީގެ ރަކުޓެން ވައިބާ ސީނިއާ ޑިރެކްޓަރު ޑޭވިޑް ސޫ ވިދާޅުވީ އުރީދޫ މޯލްޑިވްސް އާއި އެކު މި ޕާރޓްނަރޝިޕް އާއި މެދު އަޅުގަނޑުމެން ނުހަނު ފަހުރުވެރިވަން. މިއީ ކަސްޓަމަރުންގެ ހުރިހާ ބޭނުންތަަކަަަށް ވެސްް އެކަަށޭނެ އެޕެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ވައިބާއިން ކުރާ މަަސަައްކަަތުގެ ހެއްކެއް ކަމަށެވެ.

"ކޯލް އަދި މެސެޖިންގ ގެ އިތުރުން ވައިބަރ މެދުވެރިކޮށް ކަަސްޓަަަމަރުންގެ މުހިންމު މައުލޫމަތު ހިއްސާާނުކޮށް ރައްކާާތެރިކަަމާއި ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތް އެއްތަނަަަކުން ކުރިއަށް ގެންދިޔުމަށް މި ހިދުމަތާއެކު ފަަހިވެގެންދާނެ. ޑޭޓާ ޕްރައިވެސީ އާއި ސެކިއުރިޓީ އަަަކީ އަބަދުވެސް ވައިބާއިން ނުހަަނު އިސްކަަމެއް ދޭ ކަަމެއް،" ޑޭވިޑް ސޫ ވިދާޅުވި އެވެ.

ވައިބާ ޕްލެޓްފޯމްއަކީ ކޮބާ؟

ވައިބާ ޕްލެޓްފޯމަކީ ދިވެހިންގެ ތެރޭގައި ގައި ވަރަށް ގިނައިން ބޭނުންކުރާ މަގުބޫލު މެސެޖިން ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ރައްޓެހިންނާއި އާއިލާ އާއި ގުޅުވާލަދިނުމުގެ އިތުރުން ބިލް ފައިސާ ދައްކާ ސްލިޕްތައް ވިޔަފާރިތަކާއި ކަސްޓަމަރުން ހިއްސާކުރާ ހިއްސަކުރުމަށް ވައިބާ ބޭނުން ކުރާ ކުރުން އިތުރުވެ އެވެ. މިއާއެކު ސްކޭމް ތަކާއި ޓްރާންސެކްޝަން ސްލިޕްތައް ފޯޖް ކުރުން ވެސް ވަނީ އިތުރުވެފަ އެވެ. އެހެންކަަމުން މި ޙިދުމަތާއެކު ކަސްޓަމަރުންގެ އެކައުންޓް ތަފްސީލް ފަދަ މުހިންމު މައުލޫމާތް ހިއްސާ ނުކޮށް،އިތުބާރާއެކު ފައިސާގެ މުއާމަލާއި ފަަހިވެގެންދެއެވެ. ވައިބާ މެދުވެރިކޮށް އެމް-ފައިސާ އިން ކާމިޔާބުކަމާއެކު ޓްރާންސްފާ އެއް ހެދުމުން، އޮޓޯއިން ފޮނުވާ ފަރާތުގެ އިތުރުން ފައިސާ ލިބޭ ފަރާތައްވެސް ވަގުތުން ކޮންފަމޭޝަަން މެސެޖެއް ލިބި ޓްރާންސެކްޝަން ރިސިޕްޓްތައް އޮޅުވާލުމުގެ ފުރުސަަތު ނައްތާލުމަށް އެހީތެރިވެދެ އެވެ. އެއް ޕްލެޓްފޯމް އެއްގެ ތެރެއިން ފަައިސާ ފޮނުވާ މުއާމަލާތް ކުރުމުގެ ފަސޭހަ ކަސްޓަމަރުންނަަށް ފޯރުކޮށްދިނުމުގެ އިތުރުން، ޑިޖިޓަަލް ފައިނޭޝަލް ޕްލެޓްފޯރމް ތަކަށް ކަސްޓަަމަރުން އަހުލުވެރިކުރުވުމަަށް ވެސް މި ހިދުމަތުން ބާރުއެޅޭކަަންވެސް އެކުންފުނިން ފާހަގަކުރެއެވެ.

ވައިބާގައި އެމް-ފައިސާ މެދުވެރިކޮށް ފައިސާ ފޮނުވުމަށް

  • އިބާ ޗެޓް ހުޅުވާލާށެވެ.
  • 2. ޖިފް+ ހުޅުވާލުމަށް ފަަހު އެމް-ފައިސާ ހިޔާރުކުރައްވާށެވެ.
  • 3. "SEND MONEY" ހިޔާރުކުރަައްވާށެވެ.
  • 4. އެމް-ފައިސާ އެކައުންޓަށް ލޮގިން ވުމަށް ޓަކައި ޕިން ޖަަައްސަަވާާށެވެ.
  • 5. ފަައިސާާ ފޮނުވަން ބޭނުން ފަރާތުގެ ނަންބަރާއި އަަދަަދު ޖަައްސަަވުމަށްފަަހު ޔަަގީންކުރައްވާށެވެ
  • 6. "SHARE RECEIPT" ހިޔާރު ކުރެއްވުމުން ވައިބަރ މެދުވެރިކޮށްްް ކޮންްްފަަަރމެޝަން މެސެޖް ލިބިވަަޑަައިގަަންނަަވާާނެއެވެ.