ބޮންޑެ އިބްރާހިމް ރަޝީދު

އަސާސީ ހިދުމަތްތަކުން ޖޫރިމަނާ ކަނޑާލަން ގޮވާލައިފި

Feb 21, 2022
2

އަސާސީ ހިދުމަތްތަކުން ނަގާ ޖޫރިމަނާ ކަނޑާލަން ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ހުށަހަޅުއްވައިފި އެވެ

ބޮންޑޭ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފު ހުށަހެޅުއްވި ފެނާއި ނަރުދަމާގެ ބިލަށް ވާހަކަދައްކަވަމުންނެވެ.

ބޮންޑޭ ވިދާޅުވީ ކުރީގައި ރާއްޖޭގައި ރަށު ތެރެއަށް ފެން ހިންދޭނެ ނިޒާމް ގާއިމްކޮށްފައި އޮންނަ ކަމަށެވެ. ނަމަވެސް މިހާރު ފެން ނައްތާލާކަމަށް ވިދާޅުވި އެވެ. ފެނަކީ ރައްކާކުރެވޭނެ އެއްޗެއް ކަން ފާހަގަކުރައްވަމުން ވިދާޅުވީ ފެނުގައި ހުންނަ ނަޖިސްބައި ޓްރީޓްމަންޓް ޕްލާންޓް މެދުވެރިކޮށް ނައްތާލުމަށް ފަހު ރަށަށް ފެން ހިންދޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ބޮންޑޭ ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ތާއީދު ހޯއްދެވުމަށް ކުރެއްވި ދަތުރުފުޅުގައި އިޔާދަކުރެވެނި ހަކަތަ ގްރިޑަށް ގުޅައިގެން އިޔާދާ ކުރެވެނި ހަކަތަ ބޭނުން ކުރެވޭނެ ފުރުސަތު ނުލިބުނުގެ ޝަކުވާ ބައެއް ރަށްތަކުން ލިބުނު ކަމަށެވެ. ފެނާއި ނަރުދަމާގެ ބިލް އިސްލާހުވެގެން އަންނައިރު ކައުންސިލްތަކަށް ގްރިޑް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ދީގެން ނޫނީ ކަރަންޓުގެ އަގު ހެޔޮ ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ފެނާއި ނަރުދަމާގެ ހިދުމަތުގެ ގާނޫނު ވުޖޫދަށް އަންނައިރު ފެނުން ނެގޭނެ އެންމެ ބޮޑު އަގުވެސް ކަނޑައެޅެންޖެހޭ ކަމަށް ބޮންޑޭ ވިދާޅުވި އެވެ. އަދި އޭގެ އިތުރަށް ކަރަންޓު މީޓަރުތަކުން ނަގަމުންދާ ހުރިހާ ޖޫރިމަނާއެއް ނެގުން ހުއްޓައިލަންޖެހޭ ކަމަށެވެ.

"ކަރަންޓު އަދި ފެން ބިލު ނުދެއްކެނީ ފަގީރުވުމުން. ފަގީރުކަމުގެ ސަބަބުން ކަރަންޓު ބިލު ނުވަތަ ފެން ބިލު ނުދެއްކޭ މީހާ ބިލުގައި ޖޫރިމަނާ ހިމަނައިގެން ބިލު ދައްކަންޖެހެމުން އޮންނަނީ ދަރަނިވެރިވެފައި." ބޮންޑޭ ވިދާޅުވި އެވެ.

ބޮނޑޭ ވިދާޅުވީ ފެނާއި ނަރުދަމާގެ ބިލުގައި މިހާރު ޖޫރިމަނާގެ ގޮތުގައި އެއް މިލިއަން ރުފިޔާ ނަގާގޮތައް އޮތް ކަމަށާއި ކުރިން ޖޫރިމަނާގެ ގޮތުގައި ނަގަމުންއައީ 50،000 ރުފިޔާ ކަމަށް ވިދާޅުވި އެވެ. ބޮންޑޭ ހުށަހެޅުއްވަމީ އަސާސީ ހިދުމަތްތަކުން އެއްވެސް ވަރެއްގެ ޖޫރިމަނާ ނުނެގުމަށެވެ.