އެޕެރެންޓިސްޝިޕް ޕްރޮގްރާމް

މިފްކޯއާ ވެމްކޯގެ ތަމްރީން ތަކަށް ހުޅުވާލައިފި

Feb 23, 2022

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިފްކޯ އަދި ވެމްކޯއިން ހުޅުވާލައިފި އެވެ.

މިފްކޯއިން ބުނީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުން ތަމްރީނުކުރާ ދާއިރާތަކަކީ އޮޓޮމޯޓިވް މެއިންޓަނަންސް މެކޭނިކް، މެރިން މެކޭނިކް، އިލެކްޓްރިޝިއަން،
ރެފްރިޖެރޭޝަން އެންޑް އެއާ، ކޮންޑިޝަނިންގެ މެކޭނިކް، ފިޝް ޕްރޮސެސިން އެންޑް ކޮލިޓީ ކޮންޓްރޯލް އޮފިސަރު އަދި ވެލްޑިންގ ޓެކްނިކްސް ކަމަށެވެ.

އެ ދާއިރާތަކުން 19 މީހުން ތަމްރީން ކުރާނެ ކަމަށާއި ތަމްރީން ފުރުސަތުތަކަށް މިމަހުގެ 24 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި މިފްކޯގެ ފަރާތުން ތަމްރީނުވާ
ބައިވެރިންނަށް އެލަވަންސްއެއްގެ ގޮތުގައި މަހަކު 3000 ރުފިޔާ ދޭނެ ކަމަށެވެ.

ވެމްކޯއިން ބުނީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އެ ކުންފުނިން ޒުވާނުން ތަމްރީނުކުރާ ދާއިރާތަކަކީ އޮޓޮމޯޓިވް މެއިންޓަނަންސް މެކޭނިކް، ސްޓޯކީޕާ، ކޭޝިއަރިން އަދި
ވެލްޑިން ޓެކްނިކްސް ކަމަށެވެ.

އެ ދާއިރާއިން ތަމްރީނުކުރުމަށް 16 ފުރުސަތެއް ހުޅުވާލާފައިވާ ކަމަށާއި އެ ފުރުސަތުތަކަށް ފޯމު ހުށައެޅުމުގެ ފުރުސަތު އަންނަ މަހު އަށްވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ. ވެމްކޯގެ ފަރާތުން ތަމްރީނުވާ ބައިވެރިންނަށް އެލަވަންސްއެއްގެ ގޮތުގައި މަހަކު 5000 ރުފިޔާ ދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލުމަށް ހިންގާ ހާއްސަ ޕްރޮގްރާމެކެވެ.