މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީގެ ކޮންގްރެސް ޖުލައި މަހު ބާއްވަނީ

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ކޮންގްރެސް އަންނަ ޖުލައި މަހު ބާއްވަން ނިންމައިފި އެވެ.

މިއަދު ހެނދުނު އެމްއެންޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޕީގެ ތަރުޖަމާނު އަސްރާ އަހުމަދު ވިދާޅުވީ އެ ޕާޓީގެ ދާއިމީ މަގާމުތަކަށް މެމްބަރުން އައްޔަނުކުރުމުގެ ގޮތުން އަންނަ ޖުލައި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ނުވަވަނަ ދުވަހުގެ ނިޔަލަށް ކޮންގްރެސް އިންތިހާބު ބާއްވާނެ ކަމަށެވެ.

މި އިންތިހާބުގައި ޕާޓީގެ ދާއިމީ ރައީސް އަދި ރާއްޖެއިން ބޭރުގައި އުޅޭ ދިވެހީންގެ ތެރެއިން ނާއިބު ރައީސްއަކާއި ރައްޔިތުންގެ މަޖިލީހުގެ ދާއިރާތައް ބެހެފައިވާ ގޮތަށް ކޮންމެ ދާއިރާއަކުން އެމްއެންޕީގެ ކޮންގްރެސްއަށް މެމްބަރަކު ހޮވާނެ ކަމަށެވެ.

މީގެ އިތުރުން އެމްއެންޕީގެ ނާއިބު ރައީސުންނާއި ޒުވާނުން އަދި އަންހެނުންގެ ގޮތްޕަށް ދާއިމީ ލީޑަރަކު އިންތިހާބުކުރުމަށް އަންނަ ޖޫން މަހުގެ 18ވަނަ ދުވަހު އިންތިހާބެއް ބާއްވާނެ އެވެ.

ކުރިއަށް އޮތް މީދޫ އަދި ނިލަންދޫ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ވެސް އެމްއެންޕީން ވާދަ ކުރާނެކަމަށް އަސްރާ ވިދާޅުވެ އެވެ. އެގޮތުން އެމްއެންޕީެގ ފަރާރުން މީދޫ ދާއިރާއަށް ޝޫލާ ވަހީދު އަދި ނިލަންދޫ ދާއިރާައަށް ހަދީޖާ އަލީ ވާދަކުރާނެ ކަމަށާއި އިންތިހާބުގެ ކެމްޕޭންތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

އެމްއެންޕީ އުފެއްދީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އަދި އެ ޕާޓީ އުފައްދައި ވަގުތީ އިންޓީރިއަމް ކައުންސިލްއެއް އުފައްދައި ރައީސްއާއި ނާއިބު ރައީސުންނާއި ކައުންސިލް މެމްބަރުން ވަގުތީ ގޮތުން ވަނީ އައްޔަނުކޮށްފަ އެވެ.