މަތީ ތައުލީމް

ކުރީގެ ވަޒީރު އިރުތިޝާމް ޕީއެޗްޑީ ހައްދަވައިފި

Feb 26, 2022
5

ކުރީގެ ވަޒީރު އިރުތިޝާމް އާދަމް ޕީއެޗްޑީ ހައްދަވައިފި އެވެ.

އިރުތިޝާމް ޕީއެޗްޑީ ހެއްދެވީ ލީޑަޝިޕްގެ ދާއިރާ އަކުން ޔޫރަޕިއަން އިންޓަނޭޝަނަލް ޔުނިވަސިޓީންނެވެ.

ޕީއެޗްޑީ ހާސިލް ކުރެއްވުމަށްފަހު އިރުތިޝާމް ވިދާޅުވީ އެކަމަނާ އަށް ހާސިލް ކުރެއްވުނީ އަވަހާރަވެފައިވާ މަންމާފުޅުގެ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުން ފެށިގެން ރައީސް ޔާމީންގެ ވެރިކަމުގެ ވަކި ހިސާބަކަށް އިރުތިޝާމް މަސައްކަތް ކުރެއްވީ ހާރިޖީ ދާއިރާގަ އެވެ.

އިރުތިޝާމް، 25 އަހަރު ހާރިޖީ ދާއިރާގައި ހިދުމަތް ކުރެއްވިއިރު ބައެއް ގައުމުތަކުގައި ހުންނަވާ ދިވެހި ސަރުކާރުގެ ސަފީރު ކަންވެސް ކުރައްވާފައިވެ އެވެ.

އިރުތިޝާމް ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓަރު ކަމާއި ޔޫތު މިނިސްޓަރު ކަންވެސް ކުރައްވާފަ އެވެ.